ބިޔޯންސޭ އޭނާގެ 'ރެނެސޮންސް' ޓުއާގައި ލަވަ ކިޔަނީ

މިއުޒިކް

ބިޔޯންސޭގެ ޝޯއާ ހެދި ސްވިޑްންގެ އިންފްލޭޝަން ލަފާކުރި ވަރަށް ވުރެ މަތިވެއްޖެ

ބިޔޯންސޭ ހަތް އަހަރު ތެރޭ ކުރިއަށް ގެންދާ ފުރަތަމަ ސޯލޯ ޓުއާގެ ޝޯތައް ބާއްވާ ގައުމުތަކުގައި ހޮޓާތަކާއި ރެސްޓޯރެންޓުތަކުގެ ޑިމާންޑު ވަނީ އުފުލިފައި
16 ޖޫން 2023

ބިޔޯންސޭގެ ދުނިޔޭގެ ޓުއާ މިދިޔަ މަހު ސްވިޑްން އިން ފެށި އިރު ހޮޓާތަކާއި ރެސްޓޯރެންޓުތަކަށް އައި ބޮޑު ޑިމާންޑުގެ އަސަރު އެ ގައުމުގެ އިގްތިސޯދީ ތަފާސްހިސާބުތަކަށް ކޮށްފި އެވެ.

ސްވިޑްންގެ އިންފްލޭޝަން މިދިޔަ މަހު ވަނީ ލަފާކުރި މިންވަރަށް ވުރެ މަތިވެ %9.7 އަށް އަރާފަ އެވެ. އެ ނިސްބަތް އަންދާޒާކުރި ވަރަށް ވުރެ ބޮޑުވީ ހޮޓާތަކާއި ރެސްޓޯރެންޓުތަކުގެ އަގުތައް އުފުލިގެން ކަމަށްވާ އިރު، އޭގައި ބިޔޯންސޭގެ ޝޯގެ ދައުރެއް ހިމެނޭ ކަމަށް ވަނީ ބެލެވިފަ އެވެ.

ބިޔޯންސޭ ހަތް އަހަރު ތެރޭ ކުރިއަށް ގެންދާ ފުރަތަމަ ސޯލޯ ޓުއާއަކީ އިގްތިސޯދީ ގޮތުން ވެސް ބޮޑު ހަރަކާތަކެވެ. އެއް އަންދާޒާއަކުން ދައްކާގޮތުގައި އެ ޓުއާ ސެޕްޓެމްބަރުގައި ނިންމާލާ އިރު އެއާ ގުޅިފައިވާ ހޭދަތައް 2 ބިލިއަން ޕައުންޑަށް (2.53 ބިލިއަން ޑޮލަރު) އަރާނެ އެވެ.

ބިޔޯންސޭގެ ޓުއާގައި ހިމެނޭ ސިޓީތަކުން އެކޮމޮޑޭޝަން ހޯދަން އެއާބީއެންބީ އިން ސާޗްކުރި މިންވަރު ވަނީ އިތުރުވެފަ އެވެ. އަދި ގިނަ ޝޯތަކެއްގެ ޓިކެޓު ހަލުވިކަމާ އެކު ވިކި ހުސްވެ، ރީސޭލް ބާޒާރުގައި ބޮޑެތި އަގުތަކުގައި ޓިކެޓު ވިއްކަ އެވެ.

ބިޔޯންސޭ އޭނާގެ 'ރެނެސޮންސް' ޓުއާގައި ލަވަ ކިޔަނީ

ސްވިޑްންގެ ސްޓޮކްހޮމްގައި ބިޔޯންސޭ 46،000 މީހުންނަށް ހުށަހަޅައިދިން ދެ ޝޯ ބެލުމަށް އެކި ގައުމުތަކުން މީހުން ގޮސްފައިވާ އިރު އެމެރިކާއިން ގިނަ އަދަދެއްގެ ބަޔަކު ދިޔަ އެވެ.

ސްވިޑްންގެ އިންފްލޭޝަން ޑިސެމްބަރުގައި %12.3 އަށް އެރުމަށް ފަހު އަންނަނީ ދަށްވަމުންނެވެ. އޭޕްރީލްގައި އިންފްލޭޝަން %10.5 ގައި ހުރެފައި މިދިޔަ މަހު %9.7 އަށް ތިރިވި އިރު، މާލީ ބާޒާރުތަކުން ލަފާކޮށްފައި އޮތީ %9.4 އަށް ދަށްވާނެ ކަމަށެވެ.

އިކޮނޮމިސްޓެއް ކަމަށްވާ މައިކަލް ގްރާން ބީބީސީއަށް ބުނިގޮތުގައި އެންމެ ތަރިއެއްގެ ސަބަބުން މިވަރުގެ ބަދަލެއް އައުމަކީ "ވަރަށް ނާދިރު" ކަމެކެވެ. މިއީ ބޮޑެތި ފުޓްބޯޅަ މުބާރާތްތަކާ ގުޅިގެން ފެންނަ ކަހަލަ އަސަރެއްކަން އޭނާ ފާހަގަކުރި އެވެ.

ގްރާން ސޯޝަލް މީޑިއާގައި ބުނިގޮތުގައި އިންފްލޭޝަން ޓްރެންޑް މި މަހު އާއްމު ހާލަތަށް ރުޖޫއަވާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް