އަލީ ފަޒަލް

އަލީ ފަޒަލް

ހޮލީވުޑްގައި އުޅެން ބައެއް ފިލްމުތައް ދޫކޮށްލަން ޖެހޭތީ ދެރަވޭ: އަލީ ފަޒަލް

އޭނާ ބުނިގޮތުގައި 'ފުކްރޭ 3' ދޫކޮށްލުން އެއީ މިހާތަނަށް އެންމެ ބޮޑު ހިތާމަ
10 ޖޫން 2023

މަޝްހޫރު ކޮމެޑީ ފްރެންޗައިޒް 'ފުކްރޭ'ގެ ތިންވަނަ ފިލްމުން އަލީ ފަޒަލް ނުފެންނާނެތީ ފޭނުން ތިބީ މާޔޫސްވެފަ އެވެ. އަލީ ބުނިގޮތުގައި އެފަދަ މުހިއްމު ބައެއް ފިލްމުތައް ދޫކޮށްލަން ޖެހޭނީ އޭނާ ހޮލީވުޑްގެ ޕްރޮޖެކްޓްތަކުގައި ވެސް އުޅޭތީ އެވެ. އަދި އޭނާ ބުނީ 'ފުކްރޭ 3' ދޫކޮށްލުން އެއީ އޭނާއަށް މިހާތަނަށް ކުރެވުނު އެންމެ ހިތާމަކުރަންޖެހޭ ކަންތައް ކަމަށެވެ.

ކުޅެން ބޭނުންވި އެހެން ބައެއް ފިލްމުތައް ވެސް ދޫކޮށްލަން ޖެހިފައިވާތީ ދެރަވާ ކަމަށް ފަޒަލް ބުންޏެވެ.

އޭނާގެ ހޮލީވުޑް ފިލްމުތަކުގެ ތެރޭގައި 'ޑެތު އޮން ދަ ނައިލް،' 'ވިކްޓޯރިއާ އެންޑް އަބްދުލް' އަދި މިފަހުން ނެރުނު 'ކަންދަހާރް' ހިމެނެ އެވެ. އަދި އެމެޒޯން ޕްރައިމްގެ ކްރައިމް ތުރިލާ 'މިރްޒާޕޫރް' ގައި ކުޅެފައިވާ ގުއްޑޫ ޕާންޑިތުގެ ރޯލުން ވެސް އޭނާ މަޝްހޫރެވެ.

ފަޒަލް ބުނީ އޭނާގެ ވަގުތުގެ ދެބައިކުޅަ އެއްބައި ހޭދަކުރަނީ ހޮލީވުޑްގައި ކަމަށާއި އެ ގޮތަށް ދެ އިންޑަސްޓްރީގައި މަސައްކަތްކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އަދި ސަމާސާކުރަމުން އޭނާ ބުނީ ފަހަރުގައި ޕްރިޔަންކާ ޗޯޕްރާ ގާތުން އިރުޝާދު ހޯދަންވީ ކަމަށެވެ.

މިދިޔަ މަހު ރިލީޒްކުރި އެކްޝަން ފިލްމު 'ކަންދަހާރް' އިން ސަޕޯޓިން އެކްޓަރެއްގެ ގޮތުގައި ފަޒަލް ފެންނަނީ ޖެރާޑް ބަޓްލާއާ އެކުގަ އެވެ. އޭނާ ދެން ފެންނާނީ އޯޓީޓީ ފިލްމު 'ކޫފިޔާ' އިންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް