Majlis 2024

ސަމާހް އަހްމަދުގެ ކުރެހުންތައް އާޓް ގެލެރީ މާލޭގައި ދައްކާލަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިއާން)

އާޓް

'އައުޓް އޮފް ދަ ބްލޫ': ސަމާހުގެ ހިތްގައިމު ނޫ ކުރެހުންތައް ދައްކާލަނީ

16 މާރިޗު 2023
2
މިއީ ރާއްޖޭގެ ނޫ ކަނޑުތަކުން ހިޔާލު ހޯދައިގެން ކުރަހާފައިވާ ކުރެހުންތަކެއް

ސަމާހް އަހްމަދަކީ ރާއްޖޭގެ އާޓް ދާއިރާއަށް ހިދުމަތް ކުރާތާ ގިނަ އަހަރުތަކެއް ވެފައިވާ ފައިން އާޓިސްޓެކެވެ. ސަމާހުގެ ދެވަނަ ސޯލޯ ކުރެހުމުގެ މައުރަޒު ބޭއްވީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. މި އަހަރު އަނެއްކާވެސް ސަމާހުގެ ތިން ވަނަ މައުރަޒު ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އާޓް ގެލެރީ މާލޭގައި ފަށާފަ އެވެ.

ސަމާހް އަހްމަދުގެ ކުރެހުންތައް އާޓް ގެލެރީ މާލޭގައި ދައްކާލަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިއާން)
ސަމާހް އަހްމަދުގެ ކުރެހުންތައް އާޓް ގެލެރީ މާލޭގައި ދައްކާލަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިއާން)
ސަމާހް އަހްމަދުގެ ކުރެހުންތައް އާޓް ގެލެރީ މާލޭގައި ދައްކާލަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިއާން)
ސަމާހް އަހްމަދުގެ ކުރެހުންތައް އާޓް ގެލެރީ މާލޭގައި ދައްކާލަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިއާން)

ނުވަ ކުރެހުމެއް ހިމަނާފައިވާ މި މައުރަޒުގައި ފެންނަނީ ސަމާހުގެ ނޫ ކުލައިގެ ކުރެހުމުގެ ކަލެކްޝަނުގެ އެކި ސައިޒުގެ ކުރެހުންތަކެވެ. 'އައުޓް އޮފް ދަ ބްލޫ'ގެ ނަން ދީފައިވާ މި މައުރަޒަކީ ރާއްޖޭގެ ހިތްގައިމު ނޫ ކަނޑުތަކުން ހިޔާލު ހޯދައިގެން ކުރަހާފައިވާ ކުރެހުންތަކެއް ދައްކާލާ މައުރަޒެކެވެ.

"މައުރަޒު ބަލައިލަން އަންނަންވީ، ރާއްޖޭގެ ކަނޑުތަކުގެ ކުލަތައް ބަލައިލަން އަންނަންވީ،" ސަމާހް ބުންޏެވެ.

ސަމާހް އަހްމަދުގެ ކުރެހުންތައް އާޓް ގެލެރީ މާލޭގައި ދައްކާލަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިއާން)
ސަމާހް އަހްމަދުގެ ކުރެހުންތައް އާޓް ގެލެރީ މާލޭގައި ދައްކާލަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިއާން)

އެބްސްޓްރެކްޓް އެކްސްޕްރެޝަން ސްޓައިލަށް ސަމާހް ކުރަހަން ފެށިތާ މިހާރު ގާތްގަނޑަކަށް 20 އަހަރު ވެއްޖެ އެވެ. މި ކުރެހުންތައް ތައްޔާރުކުރުމަކީ އޭގެ ޒާތުގައި ވަކި 'ޕްރޮސެސް'އެއް ކަމަށް އޭނާ ބުންޏެވެ. ކެންވާސް މަތީ ކުލަ ބޭނުންކުރާ ގޮތް އަދި ކުލަ ޖެއްސުމަށް ފަހު އޭގެން ނުކުންނަ ނަތީޖާ އަކީ އޭނާ ގަޔާވާ ކަންކަމެވެ.

"އެންމެ ފުރަތަމަ މި ސީރީޒްގެ މަސައްކަތް ފެށި އިރު ފޯކަސްއަކަށް ވީ ކުޑައިރުގެ ހަނދާންތައް. އެއީ މޫދާ ގުޅުން ހުރި ފޮނި ހަނދާންތަކެއް،" ސަމާހް ކިޔާދިނެވެ. 

'ހިއުސް އޮފް ބްލޫސް'ގެ ނަމުން ފުރަތަމަ ނެރުނު މި ނޫ ކުރެހުންތަކުގެ މަސައްކަތް ފެށީ ސަމާހް ލަންޑަނުގެ ޗެލްސީ ކޮލެޖް އޮފް އާޓްސްގައި ފައިން އާޓް ކިޔަވަން ހުރި ދުވަސްވަރު އެވެ.

ސަމާހް އަހްމަދުގެ ކުރެހުންތައް އާޓް ގެލެރީ މާލޭގައި ދައްކާލަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިއާން)
ސަމާހް އަހްމަދުގެ ކުރެހުންތައް އާޓް ގެލެރީ މާލޭގައި ދައްކާލަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިއާން)

އެބްސްޓްރެކްޓް އެކްސްޕްރެޝަން ސްޓައިލަށް ސަމާހު ފުރިހަމަކޮށްފައިވާ މި ކުރެހުންތަކުގެ ބޭނުމަކީ ބެލުންތެރިން ކުޑަ ހިނދުކޮޅަކަށް ކޮންމެ ކުރެހުމަކަށް ފުންކޮށް ބަލައި ވިސްނާލަން ފުރުސަތު ދިނުމެވެ. އާޓިސްޓު ބޭނުންކޮށްފައިވާ ޓެކްނީކާއި ކުލަތަކާ މެދު ވިސްނާލަން ކޮންމެ ކުރެހުމެއްގެ ކުރިމަތީ މަޑުކޮށްލެވޭނެ އެވެ.

'އައުޓް އޮފް ދަ ބްލޫ' މައުރަޒު އާޓް ގެލެރީ މާލޭގައި ކުރިއަށްދާނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް (2)

ޕުޓީ

17 މާރިޗު 2023
އާޓަކީ ދެން ހާދަ ތަފާތު އެއްޗެކޭދޯ.
1 0

އޯކޭ

17 މާރިޗު 2023
ދެން އޯކޭ ދޯ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް