ސެލީނާ ގޯމޭޒް (ކ) އަދި ކައިލީ ޖެނާ

ސޯޝަލް މީޑިއާ

ސެލީނާ ގޯމޭޒް އިންސްޓަގްރާމުގައި ކައިލީ ޖެނާ ފަހަތަށް ޖައްސާލައި އެއްވަނައަށް

ސެލީނާ ސޯޝަލް މީޑިއާއާ ދުރަށް ދިޔުމަށް ފަހު އަލުން އިންސްޓަގްރާމް ބޭނުންކުރަން ފެށީ މިދިޔަ މަހު
24 ފެބްރުއަރީ 2023

އިންސްޓަގްރާމުގައި އެންމެ ގިނަ ފޮލޯވަރުން ތިބި އަންހެނަކަށް ކައިލީ ޖެނާ ވެފައި ވަނިކޮށް ސެލީނާ ގޯމޭޒް އެ މަގާމު އަނބުރާ އަތުލައިފި އެވެ.

އެއީ ކުރިން ސެލީނާ އަށް އޮތް ޝަރަފެކެވެ. އެކަމަކު އޭނާ އަހަރުތަކަކަށް ސޯޝަލް މީޑިއާއާ ދުރަށް ދިޔައީ އެވެ. ފޯނުން އިންސްޓަގްރާމް ފޮހެލައި، އަމިއްލައަށް އިންސްޓަގްރާމް ބޭނުންކުރުމުގެ ބަދަލުގައި، ޕޯސްޓްކުރުން އޭނާގެ ޓީމާ ހަވާލުކުރީ ކަމަށް ސެލީނާ ބުނެފައިވެ އެވެ. އޭނާ ބުނިގޮތުގައި އިންސްޓަގްރާމަކީ މީހުން ކިޔާ އެއްޗެއްސާ ހެދި އޭނާ ނަފްސާނީ މައްސަލަތަކެއްގެ ތެރެއަށް ވައްޓާލި "ޓޮކްސިކް" ތަނެކެވެ.

ނަމަވެސް ސެލީނާ މިދިޔަ މަހު ވަނީ އިންސްޓަގްރާމަށް އެނބުރި އައިސްފަ އެވެ.

ކައިލީ އާއި ސެލީނާގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 400 މިލިއަނާ ގާތްކުރެ އެވެ. ނަމަވެސް ރެއާ ހަމައަށް ކައިލީގެ 380 މިލިއަން ފޮލޯވަރުން ތިބި އިރު ސެލީނާގެ ފޮލޯވަރުންގެ އަދަދު ހުރީ 382 މިލިއަނަށް އަރަން ކައިރިވެފަ އެވެ.

ސެލީނާ އިއްޔެ ޕޯސްޓްކުރި ކުރީގެ ފޮޓޯއަކަށް މިހާތަނަށް 12 މިލިއަނަށް ވުރެ ގިނަ ލައިކްސް ވަނީ ލިބިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް