ތުނީޝާ ޝަރުމާ

'ފިތޫރު'ގެ ތަރި ތުނީޝާ ޓީވީ ސިލްސިލާއެއްގެ ސެޓުގައި މަރުވެފައި

ތުނީޝާގެ ލޯބިވެރިޔާ ކަމަށް ބެލެވޭ ޓީވީ ތަރި ޝީޒަން މުހައްމަދު ހާން ވަނީ ހައްޔަރު ކޮށްފައި
26 ޑިސެމްބަރު 2022

ފިލްމު 'ފިތޫރް' އިން ފެނުނު އެކްޓްރެސް ތުނީޝާ ޝަރުމާ މަރުވެފައި ހުއްޓާ ފެނުނު މައްސަލައިގައި، އޭނާއާ އެކުގައި މަސައްކަތްކުރަމުންދިޔަ އެކްޓަރަކު ހައްޔަރުކޮށް، ތަހުގީގު ކުރިއަށް އެބަގެންދެ އެވެ.

'ބާރް ބާރް ދޭކޯ'، 'ކަހާނީ 2' އަދި 'ދަބަން 3' ފަދަ ފިލްމުތަކުން ވެސް ފެނުނު ތުނީޝާ، 20، ބޮޑަށް މަޝްހޫރުވީ ޓީވީ ސީރީޒް 'އަލީ ބާބާ: ދާސްތާން-އޭ-ކާބުލް' އިންނެވެ. އޭނާ މަރުވެފައި ހުއްޓާ ފެނުނީ ވެސް 'އަލީ ބާބާ'ގެ ސެޓުގަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގި އެ ހާދިސާއާ ގުޅިގެން ފުލުހުން ވަނީ، އޭނާގެ ލޯބިވެރިޔާ ކަމަށް ބެލެވޭ ޓީވީ ތަރި ޝީޒަން މުހައްމަދު ހާން ހައްޔަރު ކޮށްފަ އެވެ.

އެ ދެ މީހުންގެ ދެމެދުގައި އޮތް ލޯބީގެ ގުޅުން މީގެ 15 ވަރަކަށް ދުވަސް ކުރިން ނިމިފައިވާ ކަމަށް ބައެއް އެކުވެރިން ބުނެފައިވެ އެވެ. މީގެެ އިތުރުން ތުނީޝާގެ މަރުގެ ފަހަތުގައި ޝީޒަންގެ އަތެއް ވާ ކަމަށް ތުނީޝާގެ މަންމަ ވަނީ ތުހުމަތު ކޮށްފަ އެވެ.

ތުނީޝާގެ ޕޯސްޓުމޯޓަމްގެ ވަގުތީ ރިޕޯޓުގައި ބުނިގޮތުގައި އޭނާ މަރުވީ ނޭވާ ހާސްވެގެންނެވެ. އަދި އޭނާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާނެއް ފެންނަން ނެތް ކަމަށް ވެސް ޕޯސްޓްމޯޓަމް ބުނެ އެވެ.

މަސައްކަތުގައި އުޅެމުން ލިބުނު ބްރޭކެއްގައި ފާހާނާ އަށް ވަތް ގޮތަށް ތުނީޝާ ނުނިކުމެގެން ބެލި އިރު އޭނާ ހުރީ ފާހާނާ ތެރޭ ދަންޖެހިފަ އެވެ. އޭނާ މަރުވީ ދަންޖެހިގެން ކަމަށް ސެޓުގައި ތިބި މީހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެ ތަނުން ސުއިސައިޑް ނޯޓެއް ނުފެންނާތީއާ އެކު، ފުލުހުން ބުނެފައިވަނީ އަމިއްލައަށް މަރުވުމާއި މީހަކު އޭނާ މަރާލުމުގެ ނަަޒަރުން ވެސް މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް