ވަރުން ދަވަން

ވަރުން ދަވަން

ވަރުން މިހާރު ބޭނުންވަނީ ސައުތު ފިލްމެއް ކުޅެން

ވަރުން ބުނިގޮތުގައި އޭނާ ބޮޑަށް ވައްތަރީ ވެސް ސައުތު ސިނަމާގެ އެކްޓަރަކާ ކަމަށް، 'ބޭޅިޔާ'ގެ ޓެލުގޫ ފިލްމުގެ ޑިސްޓްރިބިއުޓަރު ބުނެފައިވޭ
12 ޑިސެމްބަރު 2022

މިހާރު އެންމެ ބޭނުންވަނީ ސައުތު ސިނަމާގެ ފިލްމެއް ކުޅެން ކަމަށް ވަރުން ދަވަން ބުނެފި އެވެ.

ބޮލީވުޑް އާއި ސައުތު ސިނަމާގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ބޮލީވުޑްގެ ބޮޑެތި ބައެއް ތަރިން ދަނީ ސައުތު ސިނަމާގެ ފިލްމުތަކުގައި މަސައްކަތް ކުރަމުންނެވެ. ބައެއް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ވަނީ ހަމައެކަނި ބޮލީވުޑަށް ހާއްސަ ފިލްމުތަކުގެ ބަދަލުގައި މުޅި އިންޑިއާއަށް ފިލްމުތައް އުފައްދަން ތާއީދު ކުރަން ފަށައިފަ އެވެ. އޭގެ ތެރޭގައި ކަރަން ޖޯހަރު ފަދަ ނަންހިނގާ، ބޮލީވުޑްގެ ނުފޫޒުގަދަ ޑައިރެކްޓަރުން ވެސް ހިމެނެ އެވެ.

މިހާރު ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު އެއް ތަރި، ވަރުން ދަވަންގެ އަމާޒަކީ ވެސް ސައުތު ސިނަމާ އެވެ. ކަރަން ވެސް ވަނީ، ވަރުން ސައުތު ސިނަމާގެ ފިލްމެއްގައި މަސައްކަތް ކުރަން ބޭނުންވާ ވަރު އެނގޭ ކަމަށް ބުނެފަ އެވެ.

"އޭނާ ހުންނަނީ އެކަމަށް ވަރަށް ބޭނުންވެފައި. ޗެންނާއީ ނޫނީ ހައިދްރައާބާދަށް ގޮސް އެތަނުގައި އުޅެން،" ސައުތު ސިނަމާގައި މަސައްކަތް ކުރަން ވަރުން ބޭނުންވެފައި ހުރި ވަރު އެނގޭކަން ހާމަކުރަމުން ކަރަން ބުނެފައިވެ އެވެ.

ވަރުންގެ އެންމެ ފަހުގެ ފިލްމު 'ބޭޅިޔާ' ޓެލުގޫ ބަހުން ވެސް ނެރުނެވެ. އެ ފިލްމު ރިލީޒް ކުރުމާ ދިމާކޮށް އޭނާ ބުނީ، ކޮންމެވެސް ދުވަހަކުން އޭނާ ސައުތު ސިނަމާގެ ފިލްމެއްގައި މަސައްކަތް ކުރާނެ ކަމަށެވެ.

"ފުރުސަތު ލިބިއްޖެ ނަމަ ކުރާނަން. އަހަރެން އެކުގައި މަސައްކަތް ކުރަން ބޭނުންވާ އެތައް ޑައިރެކްޓަރުންނެއް އެ އިންޑަސްޓްރީގައި އެބަތިބި. ކޮން އިރަކު ކަމެއް ނޭނގެ، އެކަަމަކު ކޮންމެވެސް ދުވަހަކުން އެކަން ކުރާނަން،" އޭނާ ބުންޏެވެ.

ވަރުން ބުނީ 'ބޭޅިޔާ'ގެ ޓެލުގޫ ވާޝަން ރިލީޒް ކުރަން ބޭއްވި އިވެންޓުގައި އެ ފިލްމު ޑިސްޓްރިބިޔުޓް ކުރި ގީތާ އާޓްސްގެ މީހުން ވެސް، ނޯތު ސިނަމާ އަށް ވުރެ ބޮޑަށް ސައުތު ސިނަމާ އެކްޓަރަކާ ވަރުން މާ ވައްތަރު ކަމަށް ބުނި ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް