އަދުނާން ސާމީ ކޮންސެޓެއްގައި ޕާޕޯމް ކުރަނީ

އަދުނާން ސާމީ

އަދުނާން ސާމީ ބަރުދަން ލުއިކޮށްލުމުން އެމެރިކާ އަށް އެތެރެވާން އުނދަގޫވި

އޭނާ ބުނީ ބިޔަކޮށް ހުރި އިރު ލައި އުޅުނު ބައެއް ހެދުންތައް ހަނދާނަކަށް އަތުގައި ބަހައްޓާފައި ހުންނާނެ ކަމަށް
7 ޑިސެމްބަރު 2022

ހަށިގަނޑަށް ގެނައި ބޮޑު ބަދަލާ އެކު އޭނާ އަށް އެމެރިކާ އަށް އެތެރެވާން ހުއްދަ ނުދީ ހިފެހެއްޓި ކަމަށް އަދުނާން ސާމީ ބުނެފި އެވެ.

މީގެ ކުރިން ވަރަށް ބިޔަކޮށް ހުރި އަދުނާންގެ ހަށިގަނޑުން 130 ކިލޯ ލުއިކޮށްލުން ފޭނުންނަށް ވެސް ވީ ގަބޫލުކުރަން ދަތިވި ކަމަކަށެވެ. އޭނާ ބުނީ ހަށިގަނޑަށް ބަދަލު ގެނައިތާ ކުރީކޮޅު އެމެރިކާ އަށް ކުރި ދަތުރެއްގައި އިމިގްރޭޝަނުން އޭނާ ހިފެހެއްޓި ކަމަށެވެ.

އަދުނާން ބުނިގޮތުގައި އިމިގްރޭޝަން އޮފިސަރަށް އޭނާ އަކީ ޕާސްޕޯޓުގެ ފޮޓޯގައި ހުރި މީހާކަން ގަބޫލު ކުރަން ދަތިވި އެވެ.

"އަހަރެން ޖެހުނީ ގޫގުލް ކޮށްގެން އޭނާ އަށް ދައްކަން އެއީ އަހަރެންކަން. އަހަރެން ބަރުދަން ލުއިކުރުމާ ގުޅޭ ހަބަރުތަކާއި ލިޔުންތައް އިމިގްރޭޝަން އޮފިސަރަށް ދައްކަން ޖެހުނީ. ކުރި އާއި މިހާރާ އަޅާކިޔާފައި ހުރި ފޮޓޯތައް ދެއްކީމާ އޭނާ އަށް ވެސް ގަބޫލު ކުރެވުނީ،" އަދުނާން ބުންޏެވެ.

އަދުނާން ބުނީ އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނައުމުގެ ކުރިން ވެސް ބަރުދަން ލުއިކުރަން މަސައްކަތް ކުރި ކަމަށާއި އެކަމަކު އޭރު އެ ހިތްވަރު ނުލިބުނީ ކަމަށެވެ.

މީގެ ކުރިން ބިޔަކޮށް ހުރި އިރު ލައި އުޅުނު ބައެއް ހެދުންތައް ހަނދާނަކަށް އަތުގައި ބަހައްޓާފައި ހުންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް