ވަރުން އާއި އަކްޝޭ

ވަރުން ދަވަން

ވަރުން، އަކްޝޭ އަށް އިހުރިތާމު ކުރާތީ 'ހޭރާ ޕެރީ 3' އަށް ބުނީ ނޫނެކޭ

އަކްޝޭ ކުޅުނު ރޯލުން ދެން ފެންނާނެ ކަމަށް ބެލެވެނީ ކާރްތިކް
1 ޑިސެމްބަރު 2022

'ހޭރާ ޕެރީ' ގައި އަކްޝޭ ކުޅުނު ރޯލު، އެ ފްރެންޗައިޒްގެ ތިންވަނަ ބައިގައި ވަރުން ދަވަން އަށް ހުށަހެޅުމުން އޭނާ ނޫނެކޭ ބުނެފި އެވެ.

އެކި ސަބަބުތަކާ ހުރެ އަކްޝޭ 'ހޭރާ ޕެރީ 3' އިން ނުފެންނާނެކަން މިހާރު ގާތްގަނޑަކަށް ޔަގީންވެފައިވާއިރު ރިޕޯޓުތައް ބުނާގޮތުން އަކްޝޭ ފެނުނު ރޯލު ދެން ކުޅޭނީ ކާރްތިކް އާރިޔަން އެވެ. އެ ވާހަކައާ އެކު 'ހޭރާ ޕެރީ 3'ގެ އަޑު ވަނީ ގަދަވެފަ އެވެ.

އަކްޝޭ ފިލްމަށް ނޫނެކޭ ބުނުމުން ޕްރޮޑިއުސަރު ފީރޯޒް ނަދިޔާވާލާ އާއި އާނަންދު ޕަންޑިތު، އެންމެ ފުރަތަމަ ވާހަކަ ދެއްކީ ވަރުންއާ އެވެ. މީގެ އިތުރުން ވަރުންގެ ބައްޕަ ޑޭވިޑް ދަވަން އަށް އެ ފިލްމުގެ ޑައިރެކްޓަރުކަމާ ހަވާލުވާން ވެސް ހުށަހެޅި ކަމަށްވެ އެވެ. އެކަމަކު އެ ހުށަހެޅުމަށް ދެބަފައިން ވެސް ވަނީ ނޫނެކޭ ބުނެފަ އެވެ.

ސުނިލް ޝެޓީ އާއި އަކްޝޭ ކުމާރު އަދި ޕަރޭޝް ރަވާލް ފެންނަ މަޝްހޫރު ކޮމެޑީ 'ހޭރާ ޕެރީ'ގެ ތިންވަނަ ބައެއް އިއުލާނުކޮށް ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތް ފެށި ނަމަވެސް އެ ފިލްމުގެ ޑައިރެކްޓަރަކަށް އަދި ވަކި މީހަކު ހަމަޖައްސައިފައެއް ނުވެ އެވެ. ޕްރޮޑަކްޝަން ޓީމުން އުއްމީދު ކުރަނީ އަނީސް ބާޒްމީ މި ފިލްމު ޑައިރެކްޓު ކުރާނެ ކަމަށެވެ. އެކަމަކު އެކަމަށް އޭނާ އަދި ވަކި ޖަވާބެއް ނުދެ އެވެ.

'ހޭރާ ޕެރީ'ގެ ފުރަތަމަ ފިލްމު ރިލީޒް ކުރީ 2000 ވަނަ އަހަރު އެވެ. އެ ފިލްމުގެ ދެވަނަ ބައެއް 2006 ވަނަ އަހަރު ނެރުނު އިރު، ތިންވަނަ ބައިން ވެސް ފިލްމުގެ އަސްލު ކާސްޓު ފެންނާނެ ކަމަށް މީގެ ކުރިން ފީރޯޒް ވަނީ ބުނެފަ އެވެ. އެ ދެ ފިލްމު މަޖާކަމުން ބޮޑު ތަރުހީބެއް ލިބުނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް