ހަންސަލް މެހެތާ

ހަންސަލް މެހެތާ

ނާކާމިޔާބީތަކަށް ފަހު ބޮލީވުޑް ހަމައަކަށް އެޅިއްޖެ: ހަންސަލް މެހެތާ

ބޮލީވުޑްގައި މަސައްކަތް ކުރާ ބަޔަކު އަޑީގައި ތިބެ އިންޑަސްޓްރީ އަށް ފާޑުކިޔާތީ ހިތާމަކުރާ ކަމަށް ހަންސަން މީގެ ކުރިން ބުނެފައިވޭ
5 ޑިސެމްބަރު 2022

ބޮލީވުޑްގެ ގިނަ ފިލްމުތަކަކަށް ނާކާމިޔާބީ އާއި ގެއްލުމާ ކުރިމަތިލާން ޖެހުމަށް ފަހު މިހާރު ހަމައަކަށް އެޅިފައިވާ ކަމަށް ޕްރޮޑިއުސަރު/ޑައިރެކްޓަރު ހަންސަލް މެހެތާ ބުނެފި އެވެ.

މިފަހުން ރިލީޒް ކުރި ދެތިން ފިލްމެއްގެ ނަމާ އެކު އޭނާ ބުނީ ބޮލީވުޑު ފިލްމުތަކުގެ އާމްދަނީ ރަނގަޅުވަމުން އަންނަ ކަމަށެވެ.

އަޖޭ ދޭވްގަންގެ 'ދްރިޝްޔަމް 2' އަށް ދެ ހަފްތާ ތެރޭ 200 ކްރޯޑު ލިބިފައިވާ އިރު ވަރުން ދަވަންގެ 'ބޭޅިޔާ' އަށް ފުރަތަމަ ހަފްތާގައި ލިބުނު ފިނި ތަރުހީބަށް ފަހު އެ ފިލްމުގެ އާމްދަނީ ވެސް ވަނީ ރަނގަޅުވާން ފަށައިފަ އެވެ.

ފިލްމުތަކަށް ރަނގަޅު އާމްދަނީއެއް ނުލިބޭތީ، ސިނަމާގައި އެޅުވުމުގެ ބަދަލުގައި ގިނަ ފިލްމުތައް މިހާރު ރިލީޒް ކުރަނީ އޮންލައިން ޕްލެޓްފޯމުތަކުގަ އެވެ. އެގޮތުން މިފަހުން ނެޓްފްލިކްސްގައި ރިލީޒްކުރި 'މޮނިކާ އޯ މައި ޑާލިން' އަދި 'ގާލާ' އަށް ލިބޭ ރިވިއުތައް ރަނގަޅެވެ.

ބޮލީވުޑަށް ފާޑުކިޔުން އަމާޒުވާތީ އެކަމާ ނުރުހުންވެ ހުރެ، ހަންސަލް މެހެތާ މީގެ ކުރިން ބުނީ ބަޔަކު ބޮލީވުޑް ހަލާކުކޮށްލަން ފާޑުކިޔަނީ ކަމަށާއި ހާއްސަކޮށް ބޮލީވުޑްގައި މަސައްކަތް ކުރާ ބަޔަކު އަޑީގައި ތިބެ އެކަހަލަ ކަންތައް ކުރާތީ ހިތާމަކުރާ ކަމަށެވެ. ބޮލީވުޑް މިހާރު އޮތީ ބަދަލެއްގެ ތެރޭގައި ކަމަށާއި ކަންކަން ރަނގަޅުވެ، ހަމައަކަށް އެޅެން ވަގުތު ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް