ރިޗާ އާއި އަލީ ފަޒަލް

ބޮލީވުޑް

ރިޗާ އާއި ފަޒަލް ތިބީ 2020 ގައި ކައިވެނިކޮށްގެން

މިހާރު ބާއްވަމުން ގެންދަނީ އާއިލާ އާއި ރައްޓެހިންނާ އެކު ކައިވެނީގެ އުފާ ފާހަގަ ކުރުމަށް ބާއްވާ ރަސްމިއްޔާތުތަކެއް ކަމަށް އެ ދެ މީހުންގެ ތަރުޖަމާނު ބުނި
5 އޮކްޓޯބަރު 2022

ރިޗާ ޗައްދާ އާއި އަލީ ފަޒަލް ތިބީ 2020 ވަނަ އަހަރު ގާނޫނީ ގޮތުން ކައިވެނި ކޮށްގެން ކަމަށާއި މިހާރު އެމީހުން ފާހަގަ ކުރަނީ އެ ކައިވެނީގެ އުފާ ކަމަށް އެމީހުންގެ ފަރާތުން ވާހަކަދެއްކި ތަރުޖަމާނަކު ބުނެފި އެވެ.

ރިޗާ އާއި ފަޒަލްގެ ކައިވެނީގެ ކަންކަން މިދިޔަ ހަފްތާ އިން ފެށިގެން ދިއްލީ އާއި މުމްބާއީ އަދި ލަކްނައުގައި ކުރިއަށް ދާއިރު ކައިވެނީގެ ރަސްމިއްޔާތު ވެސް ވަނީ ބާއްވައިފަ އެވެ.

ނަމަވެސް އެމީހުންގެ ތަރުޖަމާނު ބުނީ، ރިޗާ އާއި ފަޒަލްގެ ކައިވެނި ކޯޓުގައި ރަޖިސްޓްރީކުރީ 2020 ވަނަ އަހަރު ކަމަށާއި މިހާރު ބާއްވަމުން ގެންދަނީ އާއިލާ އާއި ރައްޓެހިންނާ އެކު ކައިވެނީގެ އުފާ ފާހަގަ ކުރުމަށް ބާއްވާ ރަސްމިއްޔާތުތަކެއް ކަމަށެވެ. އަދި އެކަން އެމީހުންގެ ބަޔާނެއްގައި މިދިޔަ މަހު ވެސް ފާހަގަ ކޮށްފައިވާނެ ކަމަށް ތަރުޖަމާނު ބުންޏެވެ.

ރިޗާ އާއި ފަޒަލް އެމީހުންގެ ސަގާފަތާ އެއްގޮތަށް ކައިވެނީގެ ކަންތައް ކުރިއަށް ގެންދަން ބޭނުންވާތީ ހުރިހާ ރަސްމިއްޔާތެއް ވެސް ބާއްވައިފައި ވަނީ އެގޮތަށެވެ.

ފަޒަލް އާއި ރިޗާގެ ގުޅުން ފެށުނީ 2012 ވަނަ އަހަރު ފިލްމު 'ފުކްރޭ'ގެ ސެޓުންނެވެ. އެމީހުން ރައްޓެހިވެގެން އުޅޭތާ ފަސް އަހަރު ފަހުން އެ ގުޅުން އާންމު ކުރި ފަހުން ދެ މީހުން އެކުގައި ބޭރު ތެރެއިން ގިނައިން ފެނެ އެވެ.

ހަތް އަހަރު ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު ފަޒަލް، ރިޗާ އަށް ޕްރޮޕޯޒް ކުރީ 2019 ވަނަ އަހަރު އެވެ. އަދި 2020 ވަނަ އަހަރުގެ ތެރޭގައި އެ ދެ ތަރިން ކައިވެނިކުރަން ނިންމި އެވެ. ކޯޓުގައި ކައިވެނި ކުރި ކަމަށް އެ ބުނަނީ އެ ދުވަސްވަރު އެވެ.

ރިޗާ އާއި ފަޒަލް މިހާރު ދަނީ 'ފުކްރޭ 3'ގެ މަސައްކަތަށް ވެސް ތައްޔާރުވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް