އަލީ ފަޒަލް އަދި ރިޗާ ޗައްދާ

ބޮލީވުޑް

ރިޗާ އާއި ފަޒަލްގެ ކައިވެނީގެ ފެށުން މި މަހު ފަހުކޮޅު

ކައިވެނީގެ ރަސްމިއްޔާތުތައް މި މަހުގެ ފަހުކޮޅު ފެށުމަށް ފަހު ކައިވެނި ކުރާނީ އޮކްޓޯބަރު ފުރަތަމަ ހަފްތާގައި
7 ސެޕްޓެމްބަރު 2022

އަލީ ފަޒަލް އާއި ރިޗާ ޗައްދާ ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށް ބުނެފި އެވެ.

ބޮލީވުޑްގައި މި ވަގުތު އެންމެ އިންތިޒާރު ކުރެވޭ އެއް ކައިވެނީގެ ރަސްމިއްޔާތުތައް ބާއްވާނީ ދިއްލީ އާއި މުމްބާއީގަ އެވެ. އެ ހަރަކާތްތައް މި މަހުގެ ފަހު ހަފްތާއިން ފެށިގެން ފަސް ވަރަކަށް ދުވަހަށް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ފަޒަލް އާއި ރިޗާގެ ގުޅުން ފެށުނީ 2012 ވަނަ އަހަރު ފިލްމު 'ފުކްރޭ'ގެ ސެޓުންނެވެ. އެމީހުން ރައްޓެހިވެގެން އުޅޭތާ ފަސް އަހަރު ފަހުން އެ ގުޅުން އާންމު ކުރި ފަހުން ދެ މީހުން އެކުގައި ބޭރު ތެރެއިން ގިނައިން ފެނެ އެވެ.

ހަތް އަހަރު ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު ފަޒަލް، ރިޗާ އަށް ޕްރޮޕޯޒް ކުރީ 2019 ވަނަ އަހަރު އެވެ. އަދި 2020 ވަނަ އަހަރުގެ ތެރޭގައި އެ ދެ ތަރިން ކައިވެނިކުރަން ނިންމި އެވެ. ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ދެ ފަހަރު ކައިވެނި ލަސްކުރަން ޖެހުނެވެ. މިދިޔަ އަހަރު ވެސް އެ ދެ މީހުންގެ ކައިވެންޏަށް ތާރީހުތައް ކަނޑައެޅި އެވެ. އަދި މި އަހަރުގެ މާޗު މަހު ވެސް އެ ކައިވެނި ކުރަން އުޅުނެވެ.

ރިޗާ އާއި ފަޒަލް މިހާރު ދަނީ 'ފުކްރޭ 3'ގެ މަސައްކަތަށް ވެސް ތައްޔާރުވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް