ފިލްމު '83'ގެ ޕޯސްޓަރެއް

ރަންވީރު ސިންގް

'83' އިން ރަންވީރަށް އެވޯޑެއް

ރޯލަށް ފިޓުވުމަށް ރަންވީރު ވަނީ ހަަ މަސް ވަންދެން ކޮންމެ ދުވަހަކު ހަތަރު ގަޑިއިރު ކްރިކެޓް ޕްރެކްޓިސް ކޮށްފައި
15 އޯގަސްޓު 2022

ފިލްމު '83'ގައި ކުރި މަސައްކަތަށް ރަންވީރު ސިންގް އަށް އެވޯޑެއް ލިބިއްޖެ އެވެ.

އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަންގައި ރަންވީރަށް ލިބުނީ ބެސްޓު އެކްޓަރުގެ އެވޯޑެވެ.

އިންޑިއާގެ ކްރިކެޓް ތަރި ކަޕިލް ދޭވްގެ ރޯލުން ރަންވީރު ފެނުނު އެ ފިލްމަކީ އިންޑިއާ އިން 1983ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރި ހާދިސާގެ މައްޗަށް ކަބީރް ހާން ޑައިރެކްޓު ކޮށްފައިވާ ފިލްމެކެވެ.

 އެ ފިލްމުގެ ރޯލަށް ފިޓުވުމަށް ރަންވީރު ވަނީ ހަަ މަސް ވަންދެން ކޮންމެ ދުވަހަކު ހަތަރު ގަޑިއިރު ކްރިކެޓް ޕްރެކްޓިސް ކޮށްފަ އެވެ. އެ ޕްރެކްޓިސްތަކުގައި ބައެއް ފަހަރު ކަޕިލް ވެސް ބައިވެރިވި އެވެ.

ރަންވީރު ބުނީ '83' އަކީ އޭނާގެ ކެރިއަރުގައި އަބަދުވެސް ހާއްސަ ވާނެ ފިލްމެއް ކަމަށާއި އެ ރޯލު އޭނާ އަށް ދިން ކަމަށްޓަކާ ޑައިރެކްޓަރު ކަބީރު ހާން އަށް ޝުކުރު އަދާކުރާ ކަމަށެވެ.

ރަންވީރުގެ އިތުރުން މި ފިލްމުގައި އޭނާގެ އަންހެނުން ދީޕިކާ ޕަދުކޯން ވެސް އުޅެ އެވެ. ކަޕިލްގެ ހަޔާތުގެ ހާދިސާތައް ވެސް ދައްކައިދޭ އެ ފިލްމުގައި ދީޕިކާ ފެންނަނީ ކަޕިލްގެ އަންހެނުން ރޯމީގެ ރޯލުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް