ތާޕްސީ ޕަންނޫ

ތާޕްސީ ޕަންނޫ

ފޮޓޯއެއް ނަގަން މަޑުކުރަން ބުނުމުން ތާޕްސީ ހިތްހަމަނުޖެހިއްޖެ

ޕަޕަރާޒީ ފޮޓޯގްރާފަރު ތާޕްސީއާ ވާހަކަ ދެއްކި ރާގާ މެދު ތާޕްސީ ހިތްހަމަނުޖެހުނީ ކަމަށްވޭ
9 އޯގަސްޓު 2022

ބޮލީވުޑް ތަރިންނަށް ޕަޕަރާޒީންގެ އުނދަގޫ ޖެހޭލެއް ގިނަ އެވެ. ބޭރަށް ނުކުންނައިރު ތިބެނީ ކެމެރާތައް ދިއްކޮށްގެން ތައްޔާރަށެވެ. ދަތުރަކު ގޮސްފައި އެނބުރި މުމްބާއީ އަށް ދާއިރު އެއާޕޯޓުގައި ވެސް އެ މީހުންނެވެ. ގިނަ ފަހަރު ޕަޕަރާޒީންނާ މެދު ހިތްހަމަނުޖެހިގެން ބައެއް ތަރިން އެއްޗެހި ބުނެ ހަދަ އެވެ.

މިފަހުން ތާޕްސީ ޕަންނޫ ދިޔަ އިވެންޓެއްގެ ތެރެއިން ޕަޕަރާޒީއަކު ވަނީ ފޮޓޯއެއް ނަގަން މަޑުކޮށްލަން ތާޕްސީ ގާތު އެދިފަ އެވެ. ނަމަވެސް ތާޕްސީ ވަނީ އެމީހާއާ ދިމާއަށް ހިތްހަމަ ނުޖެހިގެން އެއްޗެއް ބުނެފަ އެވެ.

އެގޮތުން އޭނާ މަޑުނުކޮށް ގޮސްފި ނަމަ ރުޅިއައިސް ހަޅޭއްލަވާނީތޯ ތާޕްސީ ވަނީ އެ ޕަޕަރާޒީއާ ސުވާލުކޮށްފަ އެވެ. އެ މީހާ ތާޕްސީ ކައިރީ ފޮޓޯ އަކަށް ހުއްޓެން ބުނީ، އެ މީހުންނަށް ވެސް ވަކި ގަޑިއަކަށް ދައުވަތު ދީގެން ފޮޓޯ ނަގަން ގެނެސްފައި ތިބި ކަމަށް ބުނެ އެވެ.

އޭނާ ތާޕްސީއާ ވާހަކަ ދެއްކި ރާގާ މެދު ތާޕްސީ ހިތްހަމަނުޖެހުނީ ކަމަށް ވެ އެވެ. އެ ފޮޓޯގްރާފަރުންނަށް ދައުވަތު ދީގެން އެ އިވެންޓަށް އެމީހުން ގެންދިޔައީ ތާޕްސީތޯ އޭނާ ވަނީ އެ ޕަޕަރާޒީއާ ސުވާލުކޮށްފަ އެވެ.

އެ މީހާ ވަނީ ތާޕްސީގެ ވާހަކަ ދެއްކުމުގެ ރާގު ހުރި ގޮތާ މެދު ހިތްހަމަނުޖެހިގެން އެކަން ފާހަގަކޮށްފަ އެވެ. އެ ވާހަކައަށް ރައްދު ދީ ތާޕްސީ ބުނީ ކެމެރާ ހުރީ އޭނާއާ ދިމާއަށް ކަމަށާއި ކެމެރާގެ ލެންސު ފޮޓޯ ނަގަން ހުރި މީހާ އަށް އަމާޒު ވުމުން އޭނާ އަށް ކުރެވެނީ ކޮންކަހަލަ އިހުސާސެއްކަން އެނގޭނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް