ބްލެކްޕިންކް ބޭންޑުގެ މެމްބަރުން

ކޭ-ޕޮޕް

ބްލެކްޕިންކްގެެ ދެވަނަ ސްޓޫޑިއޯ އަލްބަމް އަންނަ މަހު

އާ އަލްބަމަށް ފަހު އޮކްޓޯބަރު މަހު އެ ބޭންޑުގެ ޓުއާ ފަށާނެ
2 އޯގަސްޓު 2022

ކޮރެއާގެ ގާލް ބޭންޑު ބްލެކްޕިންކްގެ ދެވަނަ ސްޓޫޑިއޯ އަލްބަމް އަންނަ މަހު ރިލީޒް ކުރަން ނިންމައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުން އާ އަލްބަމަށް ފަހު އޮކްޓޯބަރު މަހު އެ ބޭންޑުގެ ޓުއާ ފަށާނެ އެވެ. މީގެ ކުރިން އޮތީ އާ އަލްބަމް މި މަހު ރިލީޒް ކުރާ ގޮތަށެވެ.

އޮކްޓޯބަރު މަހު ފަށާ ޓުއާ އަކީ ބްލެކްޕިންކްގެ އެންމެ ބޮޑު ބައިނަލްއަގުވާމީ ޓުއާ އަށް ވާނެ އެވެ. ބޭންޑުގެ ފޭނުންނާ ގާތުން ބައްދަލުކޮށް ޕާފޯމް ކުރާނެ މި ޓުއާއާ ގުޅޭ މާ ބޮޑު ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

އާ އަލްބަމަކީ ގާތްގަނޑަކަށް އަހަރަކާއި 10 މަސް ފަހުން އެ ބޭންޑުން އާންމު ކުރާ ފުރަތަމަ މަސައްކަތެވެ. ބްލެކްޕިންކް އިން 2020 ވަނަ އަހަރު ނެރުނު 'ދަ އަލްބަމް' ދުނިޔޭގައި ވެސް ބޮޑު ކާމިޔާބީއެއް ހޯދި އެވެ. އެ އަލްބަމާ އެކު، ކޭ ޕޮޕް ބޭންޑުތަކުގެ ތެރެއިން އެއް މިލިއަން ކޮޕީ ވިކުނު ހަމައެކަނި އަންހެން ބޭންޑުގެ ޝަރަފު ވެސް އޮތީ ބްލެކްޕިންކު އަތުގަ އެވެ. 

ބިލްބޯޑު ޓޮޕް 200ގެ ދެވަނައިން އަދި ބްރިޓިޝް އޮފިޝަލް ޗާޓުން ވެސް 'ދަ އަލްބަމް' ޖާގަ ހޯދި އެވެ. އެ ގްރޫޕުގެ ޔޫޓިއުބް ފޮލޯވަރުންގެ އަދަދު މިހާރު 75 މިލިއަނަށް އަރަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް