އަދުނާން ސާމީ

އަދުނާން ސާމީ

'އަލްވިދާ' ކިޔުމަށް ފަހު އަދްނާން ސާމީ ލަވައެއް ނެރެނީ

ލަވައިގެ ޓީޒާއެއް އިންސްޓަގްރާމުގައި އާންމުކުރަމުން އޭނާ ބުނީ އޭނާގެ ސްޓައިލްގައި 'އަލްވިދާ' އަކީ އެއީ ކަމަށް
26 ޖުލައި 2022

'އަލްވިދާ' ކިޔަމުން އިންސްޓަގްރާމް ޕޯސްޓުތައް ފޮހެލުމަށް ފަހު އަދުނާން ސާމީ އެނބުރި އަތުވެއްޖެ އެވެ.

އޭނާގެ އިންސްޓަގްރާމުގައި ހުރި ހުރިހާ ޕޯސްޓެއް މިދިޔަ ހަފްތާގައި ގެއްލުވާލި އަދުނާން އިއްޔެ ބުނީ 'އަލްވިދާ' އަކީ އޭނާގެ އާ ލަވަ ކަމަށެވެ.

ލަވައިގެ ޓީޒާއެއް އޭނާ މިހާރު ވަނީ އިންސްޓަގްރާމުގައި އާންމުކޮށްފަ އެވެ. އަދުނާން ބުނީ އޭނާގެ ސްޓައިލްގައި 'އަލްވިދާ' އަކީ އެއީ ކަމަށެވެ. އޭނާގެ އިންސްޓަގްރާމު ބަޔޯ ވެސް ވަނީ 'އަދުނާން 2.0' އަށް ބަދަލުކޮށްފަ އެވެ. އެހެންކަމުން އޭނާގެ ތަފާތު ލަވަތަކެއް ކުރިއަށް އޮތްތަނުގައި ފެންނާނެ ކަމަށް އުއްމީދު ކުރެވެ އެވެ.

އެތައް އަހަރަކަށް ފަހު އަދުނާން ސާމީގެ އާ ލަވައެއް ފޭނުންނާ ހަމައަށް އަންނަން އުޅޭ އިރު އުއްމީދުތައް ބޮޑެވެ. އަދި އެނބުރި އައި ކަމަށްޓަކާ ފޭނުން ވަނީ އޭނާ އަށް ޝުކުރު އަދާކޮށްފަ އެވެ. 

އަދުނާން ސާމީ މިއުޒިކަށް ކޮށްދީފައިވާ ހިދުމަތުގެ އަގު ވަޒަންކޮށް އިންޑިއާގެ ސަރުކާރުން ވަނީ އޭނާ އަށް ޕަދުމާ ޝްރީ އެވޯޑު ދީފަ އެވެ. މިއީ އިންޑިއާގައި އާންމުންނަށް ދޭ ހަތަރުވަނައަށް އެންމެ ޝަރަފުވެރި އެވޯޑެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް