ފިނޭންސް މިނިސްޓްރީގެ އޮފީސް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ރިފޯމް ކޮމިޝަނަރެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި
ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، ދައުލަތުގެ ދާއިރާތައް ރިފޯމް ކުރުމާ ބެހޭ މަސައްކަތްތައް ހަވާލުކުރަން އުފައްދާ ކޮމިޝަނާ އޮފް ރިފޯމުގެ މަގާމަށް ކުރިމަތި ލާން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ
ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އިކޮނޮމިކް ރިފޯމް އޮފީހުގެ ކޮމިޝަނަރުގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ މެންދުރު 1:00ގެ ކުރިން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.
ތަފްސީލް - ދެ އަހަރުގެ މުއްދަތަށް އެ މަގާމަށް މީހަކު ހޯދަނީ މަސައްކަތުގެ ނަތީޖާއަށް ބަލާ އެއްބަސްވުން އާކުރާ ގޮތަށެވެ.
ފިނޭންސް މިނިސްޓަރަށާއި މިނިސްޓަރުގެ އެޑްވައިޒަރަށް ރިޕޯޓު ކުރަން ޖެހޭ ގޮތަށް ރިފޯމް އެޑްވައިޒަރެއް ހޯދާއިރު އެ މަގާމުގެ މަސްއޫލިއްޔަތުތައް ވެސް ގިނަ އެވެ. ތެރޭގައި:
-
ނެޝަނަލް ރިފޯމު އެޖެންޑާގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމުގައި އެންމެ އިސްކޮށް މަސައްކަތްކުރުން
-
ރިފޯމާ ގުޅުން ހުރި ކަންތައްތަކުގައި ފިނޭންސް މިނިސްޓަރަށާއި މިނިސްޓަރުގެ އެޑްވައިޒަރަށް ލަފާ ދިނުން
-
އިގްތިސޯދު ސިންދަފާތު ކުރުމުގެ މަސައްކަތްތަކާ ގުޅުން ހުރި ކަންތައް
-
މެކްރޯ އިކޮނޮމިކް ސްޓެބިލިޓީ އެންޑް ރެޒިލިއަންސްގެ ސްޓްރެޓެޖީތައް އެކުލަވާލާ ތަންފީޒުކުރުން
ރިފޯމް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެވޭނީ އެކަައުންޓިން ނުވަތަ ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށް ވުރެ މަތީ ކޮލިފިކޭޝަނެއް އޮވެގެންނެވެ. އޭގެ އިތުރުން މަގާމާ ގުޅުން ހުރި ދާއިރާއެއްގައި މަދުވެގެން 10 އަހަރު ލީޑާާޝިޕް މަގާމެއް އަދާކޮށްފައިވާ މީހަކަށް ވެސް ވާން ޖެހެ އެވެ.
ފާހަގަކުރެވޭ - ސަރުކާރުން އަންނަނީ ދައުލަތުގެ ހަރުދުބަރަދު ވެސް ހިމެނޭ ގޮތަށް އިސްލާހީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމުކޮށް އާސަންދަ އާއި ސަބްސިޑީ ނިޒާމަށް ބަދަލުތައް ގެންނަން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން އާމްދަނީ އިތުރުކުރަން ވެސް ގިނަ ފިޔަވަޅުތަކެއް އަޅާ ތަންފީޒުކުރަން ވަނީ ފަށައިފަ އެވެ.
ކޮމެންޓް (1)
އަދުރޭ