ޓާޓާ އިން މީގެ ކުރިން މާލޭގައި ބޭއްވި ހަރަކާތެއްގެ ތެރެއިން (ފޮޓޯ/ޓާޓާ)
ޓާޓާގެ ލަގްޒަރީ ފްލެޓުތަކަށް ހާއްސަ ހަރަކާތެއް ހޮނިހިރު ދުވަހު
ޓާޓާއިން މާލޭގައި އިމާރާތްކުރަމުން އަންނަ ފްލެޓުތަކުން އެޕާޓްމަންޓް ގަންނަން ހާއްސަ ފުރުސަތުތަކެއް ލިބޭ ހަރަކާތެއް ހޮނިހިރު ދުވަހު ކުރިއަށް ގެންދަން ނިންމައިފި އެވެ.
ޓާޓާ އިން ދަނީ މާލޭގެ މުހިއްމު ދެ ސަރަހައްދެއްގައި އެންމެ މަތީ ފަންތީގެ ދެ އެޕާޓުމެންޓު އިމާރާތް އަޅަމުންނެވެ. ޓާޓާ ލަގްޒެރާ އަދި ލަގްޒާވަން އަކީ މާލޭގައި ޖާގަ ތަނަވަސް ދިރިއުޅުމެއް އުޅެން ބޭނުން ނަމަވެސް އެ ފުރުސަތު ލިބިފައި ނެތް މީހުންނަށް އޮތް ރަނުގެ ފުރުސަތެކެވެ.
ޓާޓާގެ މި ދެ އިމާރާތުން ފްލެޓް ގަންނަން ބޭނުންވާ މީހުންނަށް ހާއްސަކޮށް ބާއްވާ އިވެންޓް އޮންނާނީ ހޮނިހިރު ދުވަހު އާޓިފިޝަލް ބީޗުގަ އެވެ.
އެ އިވެންޓުގެ ތެރެއިން ޓާޓާ ޓީމުގައި ހިމެނޭ ތަޖުރިބާކާރުންނާ ބައްދަލުކޮށް، އެޕާޓްމަންޓް ގަތުމާއި ހިޔާރުކުރުމުގައި ފަންނީ ލަފާ ވެސް ހޯދޭނެ އެވެ.
ލަގްޒާވަން
އޮޑިއޯން ސިނަމާ ހުރި ބިމުގައި އަޅާ މި މަތީފެންވަރުގެ އިމާރާތުގައި ފަހުގެ ޒަމާނީ ވަސީލަތްތަކާއި މަތީފެންވަރުގެ ރެޒިޑެންޝަލް އިމާރާތްތަކުގައި ހިމެނޭނެ ހުރިހާ ކަމެއް އެކުލެވޭނެ އެވެ.
މި އިމާރާތުގައި އެއް ކޮޓަރީގެ އެޕާޓުމެންޓުތަކުގެ އިތުރުން ތިން ކޮޓަރީގެ އެޕާޓުމެންޓާއި 1+3 ކޮޓަރީގެ އެޕާޓުމެންޓު ވެސް ހުންނާނެ އެވެ. ލަގްޒާވަންގެ ސްޓޫޑިއޯ އެޕާޓުމެންޓުތައް މިހާރު ވަނީ ވިކި ހުސްވެފަ އެވެ. ޒަމާނީ ހުރިހާ ވަސީލަތްތައް ހިމެނޭ ބަދިގެއާ އެކު ފުލީ އެއާކޮންޑިޝަންޑް 3 ކޮޓަރި އަދި 1+3 ކޮޓަރީގެ އެޕާޓުމެންޓުތައް ގަތުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.
މި އެޕާޓުމެންޓު އިމާރާތުގެ އެންމެ ހާއްސަ ކަމަކީ، އިމާރާތުގައި އުޅޭ މީހުންނަށް ހާއްސަ ހިދުމަތްތަކެވެ. އެންމެ ފަހުގެ ޒަމާނީ އިކުއިޕްމެންޓާ އެކު ޖިމެއްގެ އިތުރުން ރޫފް ޓޮޕް ސުވިމިން ޕޫލު މިތަނުގައި ހުންނާނެ އެވެ.
ލަގްޒެރާ
މާލޭގެ ސޯސަންމަގުގައި ތަރައްގީ ކުރަމުން އަންނަ 'ލަގްޒެރާ' އިމާރާތުގައި 72 އެޕާޓުމެންޓު ހިމެނެ އެވެ.
މިއީ މާލޭގައި ތަނަވަސް އެޕާޓުމެންޓެއްގައި ހަމަޖެހިލައިގެން އުޅެން ފޯރުންތެރި، އެކަމަކު އެފަދަ ޖާގައެއް އަދި ލިބިފައި ނެތް މީހުންނަށް އޮތް ފުރުސަތެކެވެ.
ޓާޓާ ލަގްޒެރާގެ އެންމެ ހާއްސަ ކަމަކީ މި އިމާރާތް ފަރުމާކޮށްފައިވަނީ ތަނުގައި އުޅޭ މީހުންނަށް އެންމެ ފުރިހަމައަށް ޕްރައިވެސީ ލިބޭނެހެން، އެއްވެސް އެޕާޓުމެންޓެއްގެ ފާރު އަނެއް އެޕާޓުމެންޓާ ހިއްސާނުކުރާ ގޮތަށެވެ.
އެޕާޓުމެންޓުތައް ޑިޒައިންކޮށްފައި ހުންނަނީ ލިވިން އޭރިއާ އާއި ޑައިނިން އޭރިއާގެ ޖާގަ ބޮޑުވާނެހެން އޯޕަން ސްޕޭސްއާ އެކު އެވެ. މި އެޕާޓުމެންޓުތަކުގައި ހިމެނޭ އެންމެ ފަހުގެ ޒަމާނީ މޮޑިއުލާ ބަދިގެ އާއި ހިތްގައިމު ކޮޓަރިތަކަކީ 'ލަގްޒަރީ' ރަމްޒުކޮށްދޭނެ ތަންތަނެވެ.
އެންމެ ފަހުގެ ޒަމާނީ އާލާތްތަކާއި ހިދުމަތްތައް ވެސް ހިމަނައިގެން ތަރައްގީކުރާ މި އެޕާޓުމެންޓުތައް ހުންނާނީ މުޅި ތަން އެކީ އެއާކޮންޑިޝަން ކޮށްފަ އެވެ. އިމާރާތުގެ ރޫފް ޓޮޕްގައި، ތަނުގައި ދިރިއުޅޭ މީހުންނަށް ހާއްސަ ފެސިލިޓީތައް ގާއިމްކޮށްފައި ހުންނާނެ އެވެ.
އޭގެ ތެރޭގައި:
-
އިންފިނިޓީ ސްވިމިން ޕޫލް
-
އެންމެ ކޮލެޓީ އާލާތްތަކާ އެކު ޖިމް
-
ބާބަކިޔު ސަރަހައްދެއް
-
ކުޑަކުދިން ކުޅެން ހާއްސަ ސަރަހައްދެއް
-
އިންޑޯ ގޭމް ޒޯން
-
މަލްޓި ޕާޕަސް ރޫމް
އެޗްޑީއެފްސީ އާއި ބީއެމްއެލްގެ ހައުސިން ލޯނުގެ ދަށުން ޓާޓަ ލަގްޒެރާ އަދި ލަގްޒާވަން އިން އެޕާޓުމެންޓު ގަނެވޭނެ އެވެ.
މި މަޝްރޫއު ކުރިއށްގެންދަނީ ޓާޓާ ހައުސިން ޑިވެލޮޕްމަންޓް ކޮމްޕެނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެޕެކްސް ރިއަލްޓީއިންނެވެ.
ކޮމެންޓް