އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް: އެ ކުންފުނީގެ މުވައްޒަފުންތަކެއް ވަގަށް ތެޔޮ ވިއްކައި އެކަމުން ފައިދާ ހޯދައި އެ ފައިސާ ލޯންޑާކުރި މައްސަލައެއް ފުލުހުން ދަނީ ބަލަމުން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ތެލުގެ ވައްކަމާ ގުޅިގެން އެފްއެސްއެމްގެ 40 އަށް ވުރެ ގިނަ މުވައްޒަފުން ވަކިކޮށްފި
ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، އެއިން ލިބޭ ފައިސާ ލޯންޑަކުރި ކަމަށް ތުހުމަތުވާ މައްސަލައާ ގުޅިގެން އެ ކުންފުނީގެ 40 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.
ފާހަގަކޮށްލެވޭ - އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އިސްމާއީލް ސުހެއިލް އެ މަގާމުން އިސްތިއުފާ ދެއްވީ އެ މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރެވިގެން އިސްތިއުފާދޭން އެންގުމުންކަން 'ދައުރު'އަށް ވަނީ ކަށަވަރުވެފަ އެވެ.
ތަފްސީލް - 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި ވަގަށް ތެޔޮ ވިއްކައިގެން ނާޖާއިޒު ފައިދާ ނަގަމުން ދިޔަކަމުގެ ތުހުމަތުގައި އެފްއެސްއެމްގެ އެކި ފަންތީގެ މުވައްޒަފުން މިހާރު ވަނީ ވަކިކޮށްފަ އެވެ. އެގޮތުން:
-
އެކަން ކުރީ އެތެރޭގެ ތަހުގީގަކަށް ފަހު އެ ކުންފުނީގެ މައި ކުންފުނި އެސްޓީއޯއިން އަންގައިގެން
-
ތުހުމަތުވާ 40 އަށް ވުރެ ގިނަ މުވައްޒަފުން ވަކިކޮށްފައިވާކަން ކަށަވަރުވެފައިވޭ
-
ބައެއް މުވައްޒަފުން އަމިއްލައަށް ވަކިވާން ވެސް ވަނީ ފުރުސަތު ދީފައިކަން އެނގިފައިވޭ
އެނގުން މުހިންމު - އެފްއެސްއެމްގެ ތެރޭގައި ހިންގި ތެލުގެ ވައްކަމާ ގުޅިގެން ފުލުހުން ތަހުގީގެއް ފަށާފައިވާކަން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އިއްޔެ ވަނީ ހާމަކުރައްވައިފަ އެވެ. އޭނާ އެކްސްގައި ލިޔުއްވި ގޮތުގައި އެ ތަހުގީގުގެ ތެރެއިން:
-
10 މީހުންނާއި ދެ ގެ އަދި ތެޔޮ އުފުލާ ދެ ބާޖު ބަލައި ފާސްކޮށްފައިވޭ
-
މައްސަލައާ ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ހޯދާފައިވޭ
އެ މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް އަދި ނޫން ކަމެއް ވެސް ސާފުވާ ގޮތެއް ނުވި އެވެ.
ގުޅުންހުރި - ފުލުހުން މިހާރު ހިންގާ ތަހުގީގުތަކުގެ ތެރެއިން އިމިގްރޭޝަންގެ މުވައްޒަފުންތަކެއްގެ ހިޔާނާތުގެ މައްސަލައެއް ވެސް ވަނީ ބަލަން ފަށައިފަ އެވެ.
ކޮމެންޓް (9)
ތެފައާސާ.
ނުހައްޤު މުއްސަދި
ޔާރި
ހޯދާ
ތުރާ
ބޮލައް ތުރާ
މަރުމޯލް
ޙުސައިން
ހޯދާ ހޯދާ