ގަލިވް އެއާގެ ފްލައިޓުން އައްޑޫ އަށް ސީދާ ދަތުރުތައް ފަށުން (ފޮޓޯ/ހަސަން ޒަރީރު)
ބަލްގޭރިއާ އާއި އައްޑޫ ގަމާ ދެމެދު ދަތުރުތައް ފަށަން މަސައްކަތް ފަށައިފި
ދެކުނު އިރުމަތީ ޔޫރަޕާއި އައްޑޫ ގަމާ ދެމެދު ދަތުރުތައް ކުރަން ބަލްގޭރިއާއިން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޓެސްޓުް ފްލައިޓެއް ޖައްސައިފި އެވެ.
ވީ ކިހިނެއް؟ - ޓެސްޓު ދަތުރެއްގެ ގޮތުގައި އާދިއްތަ ދުވަހު މި ދަތުރު ބާއްވާފައިވަނީ ގަލިވާ އެއާލައިނުންނެވެ. އެ އެއާލައިނުގެ އޮފިޝަލުން ވަނީ އެ ދަތުރުގައި އައްޑޫ އަށް ގޮސްފަ އެވެ.
ތަފްސީލް - ބަލްގޭރިއާގެ ސޯފިއާއިން އައްޑޫ އަށް ބޭއްވި ޓެސްޓު ދަތުރުތަކަށް ފަހު ގަމަށް ޗާޓާޑު ދަތުރުތައް ކުރަން މަޝްވަރާތައް ވަނީ ފަށައިފަ އެވެ. އައްޑޫ އާއި ޔޫރަޕާ ދެމެދު ސީދާ ދަތުރުތައް ފަށަން މަޝްވަރާތައް ފެށި އިރު:
-
ގަން އެއާޕޯޓަށް ގަވައިދުން ދަތުރުކުރާ ބައިނަލްއަގުވާމީ ހަމައެކަނި އެއާލައިނަކީ ސްރީލަންކަން
-
އެ އެއާލައިނުން ގަމަށް ސީދާ ދަތުރުތައް ބާއްވާތާ 8 އަހަރު ވަނީ ވެފައި
ފާހަގަ ކުރެވޭ - އައްޑޫ އާއި ދެކުނު އިރުމަތީ ޔޫރަޕު ވައިގެ މަގުން ގުޅާލުމަށް މަޝްވަރާކުރަން ފެށި އިރު އައްޑޫގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ހާއްސަ ކެމްޕޭނެއް ވަނީ ފަށައިފަ އެވެ. އެ ސިޓީގެ އަމިއްލަ ބްރޭންޑާއެކު މި އަހަރުގެ ވޯލްޑް ޓްރެވަލް މާކެޓުގައި ވެސް އައްޑޫ ވަކިން ވަނީ އިޝްތިހާރުކޮށްފަ އެވެ.
ފާހަގަ ކުރެވޭ - ބަލްގޭރިއާގެ ގަލިވާ އެއާލައިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ޗާޓާޑް ދަތުރުތައް ކުރެ އެވެ.
ކޮމެންޓް