ނާސިފް: އޭނާއަކީ މިހާރު އެޗްޑީސީގެ ޗެއާމަން (ފޮޓޯ/ޔޫތު މިނިސްޓްރީ)

އެޗްޑީސީ

ނާސިފް އެޗްޑީސީގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފި

އޭނާ މީގެ ކުރިން ހުންނެވީ ރީޖަނަލް އެއާޕޯޓްސްގެ ޗެއާމަންގެ މަގާމުގައި
6 ނޮވެމްބަރު 2024

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމަށް، އަހުމަދު ނާސިފް މިއަދު އައްޔަންކޮށްފި އެވެ.

ވީ ކިހިނެއް؟ - ރީޖަނަލް އެއާޕޯޓްސްގެ ޗެއާމަންގެ މަގާމުގައި މީގެ ކުރިން ހުންނެވި ނާސިފްއަކީ ކުރިން ވެސް އެޗްޑީސީގެ އިސް މަގާމެއް ފުރުއްވި ބޭފުޅެކެވެ.

ރީޖަނަލް އެއާޕޯޓްސްގެ އިތުރުން ވެސް ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއްގެ އިސް މަގާމު ނާސިފް ވަނީ އަދާކުރައްވާފަ އެވެ.

އެނގުން މުހިންމު - އެޗްޑީސީގެ ޗެއާމަންގެ މަގާމުގައި މީގެ ކުރިން ހުންނެވީ އަހުމަދު ޒުހޫރެވެ. އެ މަގާމުންނާއި ކުންފުނީގެ ބޯޑުގެ މަގާމުން ޒުހޫރު ވަކިކުރައްވާފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. 


އިތުރު އާޓިކަލް

އިތުރު އާޓިކަލް