ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މެންބަރުން (ފޮޓޯ/ރައީސް އޮފީސް)
ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުން 7 ބިލިއަނެއްހާ ރުފިޔާ ސަލާމަތް ވާނެ
ހަރަދު ކުޑަކުރަން އަންނަ އަހަރު އަޅާ ފިޔަވަޅުތަކުގެ ސަބަބުން 6.6 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުން ސަލާމަތް ކުރެވޭނެ ކަމަށް އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ބުނެފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ބަޖެޓް އެ މަނިކުފާނުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު މަޖިލީހަށް ހުށަހެޅުއްވިއިރު، ހަރަދު ކުޑަކުރުމުގެ ގޮތުން އަންނަ އަހަރު އަޅާނޭ ފަސް ފިޔަވަޅެއް ބަޖެޓުގައި ހިމަނުއްވާފައިވެ އެވެ.
ތަފްސީލް - ހަރަދު ކުޑަކުރަން އަޅާނެ ކަމަށް ބަޖެޓުގައި ބުނެފައިވާ ފިޔަވަޅުތަކަކީ:
-
1-
ސަބްސިޑީގެ އެހީ ބޭނުންވާ ފަރާތްތަކަށް ސީދާ ގޮތެއްގައި ސަބްސިޑީ ފޯރުކޮށްދޭ ނިޒާމަށް ބަދަލުކުރުން
-
2-
އާސަންދަ ނިޒާމް މުރާޖައާކޮށް މިހާރަށް ވުރެ ވަށާ ޖެހޭ ފުރިހަމަ އަދި ދެމެހެއްޓެނިވި ނިޒާމަކަށް ބަދަލުކުރުން
-
3-
ތެލުގެ އަގު ބޮޑުވުމުން މާލިއްޔަތަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރަން ފިޔަވަޅުތަކެއް އެޅުން
-
4-
ދައުލަތުން ފޯރުކޮށްދޭ ޕެންޝަންތައް ތަކުރާރު، އިސްރާފު ނުވާނެހެން މުރާޖައާކުރުން
-
5-
ސަރުކާރު ކުންފުނިތައް ނުވަތަ އެސްއޯއީތައް އިސްލާހުކުރުން
އާމްދަނީ އިތުކުރަން ވެސް ފިޔަވަޅުތަކެއް
އާމްދަނީ އިތުރުކުރުމަށް ވެސް އަންނަ އަހަރު ފިޔަވަޅުތަކެއް އަޅަން ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އޭގެ ތެރެއިން ބައެއް ފިޔަވަޅުތައް ތަންފީޒު ކުރަން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް މަޖިލީހަށް ހުށަހަޅާ މިހާރު ވަނީ ނިމުމަކާ ހަމައިގަ އެވެ. އެގޮތުން، އާމްދަނީ އިތުރުކުރަން ހުށަހަޅާ ކަންކަމަކީ:
-
ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުން
-
އެއާޕޯޓް ޓެކުހާއި ފީތައް ދެގުނަ ބޮޑުކުރުން
-
ގްރީން ޓެކުހުގެ ރޭޓްތައް ބޮޑުކުރުން
-
އަމިއްލަ ފަރާތްތަކުން ހިންގާ ބިން ހިއްކުމުގެ މަޝްރޫއުތަކަށް ނަގާ ވެއްޔަށް ޑްރެޖިން ފީއެއް ނެގުން
-
ޓީޖީއެސްޓީ ރޭޓް މަތިކުރުން
-
ޓީޖީއެސްޓީ ޑެސްޓިނޭޝަން ބޭސްޓް ޓެކްސްއަކަށް ބަދަލުކުރުން
-
ފްރީކުއަންސީ ސްޕެކްޓްރަމް ޗާޖެއް ނެގުން
މި ފިޔަވަޅުތަކުގެ ސަބަބުން 4.9 ބިލިއަން ރުފިޔާ އަންނަ އަހަރު ދައުލަތަށް ލިބޭނޭ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.
ކޮމެންޓް (1)
ސިކުނޑި