ދިރާގުން 'ނެޓް ޕްރޮޓެކްޓް' އިފްތިތާހް ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ދިރާގު

ރައްކާތެރި ގޮތުގައި އިންޓަނެޓު ބޭނުންކުރަން 'ދިރާގު ނެޓް ޕްރޮޓެކްޓު' ތައާރަފުކޮށްފި

މި ހިދުމަތަކީ ފިޝިން އާއި ސްޕޭމް އީމެއިލް އަދި ރައްކާތެރި ނޫން ވެބްސައިޓުތަކާއި ލިންކުތަކުން ކަސްޓަމަރުން ރައްކާތެރިކޮށްދޭނެ ހިދުމަތެއް

އިންޓަނެޓު ބޭނުންކުރުމުގައި ރައްކާތެރިކަން ކަށަވަރުކޮށްދޭ 'ދިރާގު ނެޓް ޕްރޮޓެކްޓު' އެ ކުންފުނިން އިއްޔެ ތައާރަފުކޮށްފި އެވެ.

ވީ ކިހިނެއް؟ - ދިރާގުން އިއްޔެ ތައާރަފު ކުރި ހިދުމަތަކީ ފިޝިން އާއި ސްޕޭމް އީމެއިލް އަދި ރައްކާތެރި ނޫން ވެބްސައިޓުތަކާއި ލިންކުތަކުން ކަސްޓަމަރުން ރައްކާތެރިކޮށްދޭނެ ހިދުމަތެކެވެ.

ތަފްސީލް - ދިރާގުގެ ކަސްޓަމަރުންނަށް ރައްކާތެރިކަމާ އެކު އިންޓަނެޓު ބޭނުންކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ތައާރަފު ކުރި މި ހިދުމަތާ އެކު ބޭނުން ނުވާ ވެބްސައިޓުތައް ބްލޮކު ކުރުން ފަދަ ކަންތައް ކުރެވޭނެ އެވެ.

މީގެ އިތުރުން، ވަކި ވަގުތުތަކެއްގައި ބޭނުން ވެބްސައިޓުތަކަށް ނުވަދެވޭ ގޮތް ހެދުމާއި ބައެއް ކޮންޓެންޓު ނުފެންނަ ގޮތް ވެސް ހެދޭނެ އެވެ. މިއީ ކުޑަކުދިން އިންޓަނެޓު ބޭނުން ކުރާއިރު ރައްކާތެރިކަމުގެ ގޮތުން މުހިއްމު ފިޔަވަޅުތަކަކަށް ވާނެ އެވެ.

ދިރާގު މައި އެކައުންޓު މެދުވެރިިކޮށް ނެޓް ޕްރޮޓެކްޓު އެކްޓިވޭޓު ކުރެވޭނެ އެވެ.

ރެޒިޑެންޝަލްް ފިކްސްޑް ބްރޯޑް ބޭންޑު އަދި މޮބައިލް އިންޓަނެޓު ކަސްޓަމަރުންނަށް ވެސް މި ހިދުމަތް 30 ދުވަސް ވަންދެން ހިލޭ ބޭނުން ކުރެވޭނެ އެވެ.

ޕޭރެންޓަލް ކޮންޓްރޯލު ހިދުމަތް މިހާރު ހޯދާ ކަސްޓަމަރުންގެ ތެރެއިން ދިރާގު ނެޓް ޕްރޮޓެކްޓު ހިދުމަތަށް ބަދަލުވާ ކަސްޓަމަރުންނަށް އޭގެ ފަހުން 12 މަސް ވަންދެން %50 ޑިސްކައުންޓު އެ ހިދުމަތުން ލިބޭނެ އެވެ. 

info@dhiraagu.com.mv
123

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް