ފުލުހުން މަގުމަތި ބެލެހެއްޓުމުގައި: ހުކުރު ދުވަހު ހުޅުމާލޭގައި ދިރާގު ރޯޑް ރޭސް ކުރިއަށް ދާ މަގުތައް ބަންދުވާނެ. (ފޮޓޯ/ދިރާގު)

ދިިރާގު ރޯޑް ރޭސް ކުރިއަށްދާ މަގުތައް ވެހިކަލްތަކަށް ބަންދު ވާނެ

ދިރާގު ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން؛ މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭނެހެން ރާއްޖޭގައި ބާއްވާ ހަމައެކަނި ދުވުން
6 ގަޑިއިރު ކުރިން

އަންނަ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ކުރިއަށް ދާ ވަގުތުތަކުގައި ރޭސް ރޫޓުތައް އެއްގަމު އުޅަނދުތަކަށް ބަންދުވާނެ ކަމަށް ދިރާގުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ރޯޑް ރޭސް ކުރިއަށް ދާ ވަގުތުތަކުގައި މަގުތައް ބަންދުވާނެކަން ޓްރާންސްޕޯޓު މިނިސްޓްރީން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.

ތަފްސީލް - ޒަރޫރީ ބޭނުންތަކަށް ދުއްވާ އުޅަނދުތައް ފިޔަވާ އެހެން ހުރިހާ އުޅަނދުތަކަށް ރޭސް ރޫޓު ބަންދުވާނީ ހުކުރު ދުވަހުގެ:

  • ފަތިހު 5 އިން ހެނދުނު 9އަށް

  • ހަވީރު 4 އިން 6އަށް

 މި ވަގުތުތަކުގައި ރޭސް ރޫޓްގައި އޮތޮރައިޒްޑް އިވެންޓް ވެހިކަލްތަކަށް ދުއްވޭނެ ކަމަށް ވެސް ދިރާގުުން ބުންޏެވެ.

ގުޅުން ހުރި - ދިރާގު ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމެވެ. މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭނެހެން ރާއްޖޭގައި ބާއްވާ ހަމައެކަނި ދުވުން ވެސް މެއެވެ.

މި އަހަރުގެ ރޯޑް ރޭހުގައި 4،400 ދުވުންތެރިން ބައިވެރިވެ އެވެ. ރޭހުގެ ހާފް މެރެތަން އަދި 10 ކިލޯމީޓަރުގެ ރޭސްތައް ކުރިއަށް ދާނީ ހެނދުނުގެ ވަގުތުތަކުގަ އެވެ. އަދި ފަސް ކިލޯމީޓަރުގެ ރޭސް ކުރިއަށްދާނީ ހަވީރު 4:30 އިން ފެށިގެންނެވެ.

info@dhiraagu.com.mv
123

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް