ދިރާގު ރޯޑް ރޭހުގެ ބިބް ކިޓު ދޫކުރުން (ފޮޓޯ/ދިރާގު)

ދިރާގު ރޯޑް ރޭހުގެ ބިބާއި ރޭސް ކިޓް ދޫކުރަން ފަށައިފި

ދިރާގު ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތް، މި އަހަރު ބާއްވަނީ ރޯޑް ރޭހުގެ 15 ވަނަ އެޑިޝަން

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2024ގެ ބިބް އާއި ރޭސް ކިޓް ދޫކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މި އަހަރުގެ ރޯޑް ރޭހުގެ ބިބް އެކްސްޕޯ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގެ ތިރީ ފަންގިފިލާގައި ކުރިއަށްދާ ކަމަށް ދިރާގުން ބުންޏެވެ.

ތަފްސީލް - ބިބް އެކްސްޕޯގައި ދުވުންތެރިންނަށް ބިބާއި ރޭސް ކިޓް ހަވާލުކުރާނެ އެވެ. އަންގާރަ ދުވަހުގެ ނިޔަލަށް ބިބް ކިޓު ނެގޭނެ ގަޑިތައް ވެސް ދިރާގުން ވަނީ އާންމުކޮށްފަ އެވެ.

އެއީ:

  • މެންދުރު ފަހު 2 އިން ހަވީރު 6 އަށް

  • ރޭގަނޑު 8 އިން 10 އަށް

ދިރާގުން ބުނީ:

  • ކޮންމެ ރޭސް ކިޓެއްގައި ވެސް ޓައިމިން ޗިޕް ހިމެނޭ ބިބުގެ އިތުރުން ރޭސް ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭ

  •  ވެރިފައި ކުރުމަށް ރޭސް ކިޓް ބަލާ ދާ ފަރާތުން ދުވުންތެރިޔާގެ އައިޑީ ކާޑާއި ބިބް ނަންބަރު ހުށަހަޅަން ޖެހޭނެ

ދިރާގު ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތެވެ. މި އަހަރު ބާއްވަނީ ރޯޑް ރޭހުގެ 15 ވަނަ އެޑިޝަނެވެ.

  • މި އަހަރުގެ ދުވުން އޮންނާނީ އަންނަ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި

  • މި އަހަރުގެ ދުވުމުގައި 4،400އަށް ވުރެ ގިނަ ބައިވެރިން ދުވާނެ

info@dhiraagu.com.mv
123

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް