ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ފަތުރުވެރިން ތަކެއް: އެއާޕޯޓުން ފުރާ މީހުންގެ އަތުް ނަގާ ފީ އަންނަ ޑިސެމްބަރުން ފެށިގެން ބޮޑުކުރާނެ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
އެއާޕޯޓް ޓެކްސްތައް ބޮޑުކުރަނީ؛ އާންމު ދިވެހިންނަށް ބޮޑު ނުކުރާނެ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވިއައިއޭ) ބޭނުންކުރާ މީހުންގެ އަތުން މިހާރު ނަގަމުން އަންނަ ޓެކްސްތައް ބޮޑުކުރަން ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި އެވެ.
ތަފްސީލް - ޗުއްޓީއަށް ފަހު މާދަމާ ފަށާ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ފޮނުވާފައިވާ އެއާޕޯޓުން ފުރާ ފަރާތްތަކުގެ އަތުން ޓެކްސް ނެގުމުގެ ގާނޫނަށް ގެންނަ އިސްލާހުތަކަކީ:
-
އިކޮނޮމީ ކްލާހުން ފުރާ ބިދޭސީންގެ އަތުން ނަގާ ފީ 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރުން
-
އިކޮނޮމީ ކްލާހުން ފުރާ ދިވެހިންގެ އަތުން ނަގާ ފީ ބޮޑެއް ނުކުރާނެ
-
ބިޒްނަސް ކްލާހުން ފުރާ މީހުންގެ އަތުން ނަގާ ފީ 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރުން
-
ފަސްޓް ކްލާހުން ފުރާ މީހުންގެ އަތުން ނަގާ ފީ 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރުން
-
ޖެޓުގައި ފުރާ މީހުންގެ އަތުން ނަގާ ފީ 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުން
މި ފީތައް ބޮޑުކުރަން ގާނޫނު އިސްލާހުކުރަނީ 1 ޑިސެމްބަރުއިން ފެށިގެން އެ ފީތައް ބޮޑުވާ ގޮތަށެވެ.
ފާހަގަކޮށްލެވޭ - ސަރުކާރުން ލަފާކުރާ ގޮތުގައި އެއާޕޯޓް ޓެކްސް ބޮޑުކުރުމުން 1.6 ބިލިއަން ރުފިޔާގެ އިތުރު އާމްދަނީ ދައުލަތަށް ލިބޭނެ އެވެ.
އެއާޕޯޓުން ނަގާ ޓެކްސްތައް ބޮޑުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެ ޓެކުހުގެ އާމްދަނީ ލިބެނީ ޑޮލަރުން ކަމަށް ވުމުން ރިޒާވުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވުން ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ކޮމެންޓް (2)
ހިތަދޫ ހުސެން
ނިޔާފް