ފިނޭންސު މިނިސްޓްރީގެ އިމާރާތް (ފޮޓޯ/ފިނޭންސް މިނިސްޓްރީ)

ރާއްޖޭގެ ސުކޫކަށް ދައްކަން ޖެހޭ 25 މިލިއަން ޑޮލަރު ދައްކައިފި

ރާއްޖޭގެ ކްރެޑިޓް ރޭޓިން މި އަހަރު ތެރޭ ދަށްކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި އެ ސުކޫކުގެ އަގު ދަށްވެ، ސުކޫކު ޑިފޯލްޓު ވެދާނެ ހާލަތެއް އައިސްދާނެ ކަމަށް ލަފާކުރި

ދައުލަތުން ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކަކަށް މި މަހު ދައްކަން ޖެހޭ ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު މިއަދު ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ސުކޫކަށް އަހަރު ތެރޭ ދެ ފަހަރެއްގެ މަތިން ފައިސާ ދައްކަން ޖެހޭ ކަމަށެވެ. އެއީ އޭޕްރީލް އަދި އޮކްޓޯބަރުގައި ކަމަށާއި އޮކްޓޯބަރުގައި ދައްކަން ޖެހޭ ފައިސާ މިއަދު ދައްކާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ސުކޫކުގެ ޕޭމެންޓުގެ ގޮތުގައި ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ދައްކާފައިވެ އެވެ.

ތަފްސީލް - ފިނޭންސް މިނިސްޓްރީން ބުނީ އެންމެ ބޮޑު އިިސްކަމެއް ދެނީ ދައުލަތުގެ ދަރަނިތައް އަދާކުރުމަށް ކަމަށެވެ.

ސުކޫކު ޕޭމެންޓު އަދާކުރަން ޖެހޭ މުއްދަތުގައި އެ ފައިސާ ދެއްކީ ދަރަނި އަދާކުރުމަށާއި އިންވެސްޓަރުންނާއި ކްރެޑިޓަރުންނަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ސަރުކާރުން ދޭ އަހަންމިއްޔަތުގެ ތެރެއިން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ފާހަގަ ކުރެވޭ - ރާއްޖޭގެ ކްރެޑިޓް ރޭޓިން މި އަހަރު ތެރޭ ދަށްކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި އެ ސުކޫކުގެ އަގު ދަށްވި އެވެ. އެގިޮތުން ފައިސާ ނުދެއްކި ސުކޫކު ޑިފޯލްޓު ވެދާނެ ހާލަތެއް އައިސްދާނެ ކަމަށް ލަފާކުރި އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަނީ ސުކޫކަށް ފައިސާ ދައްކަން އޮންނަ ތާރީހުގައި އެ ފައިސާ ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭރު ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް