ސާމަރާފުށީ ގައި ރަތައްގީ ކުރާ ރިސޯޓުގެ ކޮންސެޕްޓު ކުރެހުމެއް (ފޮޓޯ/ހަޔަޓް)

ޓޫރިޒަމް

އެމެރިކާގެ ހަޔަޓް ކުންފުނިން ރާއްޖޭގައި އިތުރު ރިސޯޓެއް ހަދަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން25 ވަރަށް މިނެޓު ތެރޭ ސްޕީޑު ލޯންޗުގައި ދެވޭ ސަރަހައްދުގައި އޮންނަ ސާމަރާފުށީގައި 130 ވިލާ ތަރައްގީ ކުރާނެ

ކ. ސާމަރާފުށީގައި ތަރައްގީ ކުރާ ރިސޯޓު ހިންގާނީ އެމެރިކާގެ ހޮސްޕިޓަލިޓީ ކުންފުނި ހަޔަޓް ގެ ހަޔަޓް ރީޖެންސީ ބްރޭންޑުގެ ދަށުން ކަމަށް ބުނެފި އެވެ.

ވީ ކިހިނެއް؟ - ސިންގަޕޫރުގެ ސިންގްހައިއީ އިން ތަރައްގީ ކުރާ އެ ރިސޯޓު ހިންގުމަށް ހަޔަޓް އިން ހަވާލުވާއިރު އެ ރިސޯޓު ހުޅުވާނީ 2027 ވަނަ އަހަރުގެ ފަހުކޮޅު އެވެ. މިއީ ހަޔަޓް ރީޖެންސީ ބްރޭންޑުގެ ދަށުން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ.

ފާހަގަ ކުރެވޭ - ހަޔަޓް އިން މިހާރު ވެސް ރާއްޖޭގައި ދެ ރިސޯޓެއް ހިންގަ އެވެ. އެއީ

  • ހުވަދޫ އަތޮޅުގައި ހިންގާ ޕާކް ހަޔަޓް މޯލްޑިވްސް ހަދަހާ  

  • ރ. އަތޮޅުގައި ހިންގާ އަލިއާ ކޮތައިފަރު މޯލްޑިވްސް

ތަފްސީލް - ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން25 ވަރަށް މިނެޓު ތެރޭ ސްޕީޑު ލޯންޗުގައި ދެވޭ ސަރަހައްދުގައި އޮންނަ ސާމަރާފުށީގައި 130 ވިލާ ތަރައްގީ ކުރާނެ އެވެ. އޭގެ ތެރޭގައި ބީޗް ފްރަންޓު ވިލާތަކާއި މޫދު ކޮޓަރިތައް އަދި ޓްރީޓޮޕް ވިލާތައް ހިމެނެ އެވެ. ހުރިހާ ވިލާއެއްގައި ވެސް ޕްރައިވެޓު ޕޫލު ހުންނާނެ އެވެ.

އެ ރިސޯޓު އޮންނަ ސަރަހައްދަކީ މަންޓާ ރޭ އާއި ވެލާ ފަދަ ކަނޑުގެ ދިރުންތަކުން މުއްސަނދި ސަރަހައްދެކެވެ. މީގެ އިތުރުން ރާޅާއެޅުމަށް މަގުބޫލު ސާފް ޕޮއިންޓެއް ވެސް ރިސޯޓާ ކައިރީ އޮންނާނެ އެވެ.

ސާމަރާފުއްޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހާއްސަކޮށް ޖަޕާނުގެ ރަހަތައް ލިބޭ ރެސްޓޯރެންޓެއް ހުންނާނެ އެވެ. މީގެ އިތުރުން ސަންސެޓު ބާ އަކާއި މެރިން ސެންޓަރެއް އަދި ފިޓްނަސް ޕެވިލިއަން އެއްވެސް އެ ރިސޯޓުގައި ހުންނާނެ އެވެ.

ކޮމެންޓް (1)

profile-image-placeholder

ދަންޑަބަހާދު

26 ސެޕްޓެމްބަރު 2024
މިރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ފައިދާ ނަގަނީ ބޭރުމީހުން.

އިތުރު އާޓިކަލް

އިތުރު އާޓިކަލް