ޔަމަހާ ޓެކްނިކަލް ޓްރެއިނިންގެ ބައިވެރިން (ފޮޓޯ/އެލިއާ)

އެލިއާ

އެލިއާއިން ޔަމަހާ ޓްރެއިނިންގެ 5 ވަނަ ޕްރޮގްރާމު ބާއްވައިފި

ޔަމަހާގެ އިރުޝާދާ އެކު މި ޓްރެނިންތައް ކުރިއަށް ގެންދިޔައީ ޔަމަހާ ސެޓިފައިޑް، އެލިއާގެ ސީނިއާ މެކޭނިކުން
12 ސެޕްޓެމްބަރު 2024

އެލިއާ އާއި ޖަޕާނުގެ ޔަމަހާ ޓެކްނިކަލް އެކެޑެމީ ގުޅިގެން ރާއްޖޭގައި ބާއްވާ ޔަމަހާ ޓެކްނިކަލް ޓްރެއިނިން ގެ 5 ވަނަ ޕްރޮގްރާމު ބާއްވައިފި އެވެ.

ވީ ކިހިނެއް؟ - ޔަމަހާ ޓެކްނިކަލް އެކެޑެމީ އިން ޖަޕާނުގައި ޔަމަހާގެ ޑިސްޓްރިބިޔުޓަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޔަމަހާ ބޭސިކް އަދި ބްރޮންޒް ލެވެލްގެ މި ޓްރެއިނިންތައް ކުރިއަށް ގެންދިޔައީ ދެ ބެޗަކަށް ބަހާލައިގެން މިދިޔަ މަހުގެ 24 އިން މި މަހުގެ 9 އަށެވެ.

އެ ތަމްރީނުތަކުގައި 63 މީހަކު ތަމްރީނުކޮށްފައިވެ އެވެ.

ޔަމަހާ ޓެކްނިކަލް ޓްރެއިނިންގެ ބައިވެރިން (ފޮޓޯ/އެލިއާ)

ތަފްސީލް - އެލިއާ އިން ބުނީ، މި ޓްރެއިނިން ތަކުގެ މަގުސަދަކީ މެކޭނިކުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، ޔަމަހާ އައުޓްބޯޑު އިންޖީނަށް ބޭނުންވާ ސާވިސް ތަޖުރިބާކާރު މެކޭނިކުން މެދުވެރިކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދިނުން ކަމަށެވެ.

މި ޓްރެއިނިންގް ޕްރޮގްރާމްގައި އެކި އިދާރާތަކުންނާއި އަމިއްލަ ކުންފުނިތަކުން މެކޭނިކުން ބައިވެރިވި ކަމަށް އެލިއާ އިން ބުންޏެވެ.

ޔަމަހާގެ އިރުޝާދާ އެކު މި ޓްރެނިންތައް ކުރިއަށް ގެންދިޔައީ ޔަމަހާ ސެޓިފައިޑް، އެލިއާގެ ސީނިއާ މެކޭނިކުން ނެވެ.

ޔަމަހާ ޓެކްނިކަލް ޓްރެއިނިންގެ ބައިވެރިން (ފޮޓޯ/އެލިއާ)

ފާހަގަ ކުރެވޭ - މި އަހަރަކީ ޔަމަހާ އާއި އެލިއާގެ ގުޅުމަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރެވެ.

އެލިއާ އިން ވަނީ ރާއްޖޭގެ ގިނަ މެކޭނިކުންނަށް ޔަމަހާގެ ތަފާތު ޓްރެއިނިންތައް ދީީ ތަމްރީނު ކޮށްފަ އެވެ.

އެލިއާއިން ރާއްޖެއަށް ތައާރަފްކޮށް ވިއްކާ ޔަމަހާ އައުޓްބޯޑު އިންޖީނުގެ ކޮންމެ މޮޑެލްއަކީ ރާއްޖޭގެ ކަނޑުތަކުގައި ޓެސްޓުކުރުމަށް ފަހު ރާއްޖޭގެ މާކެޓަށް ނެރެފައިވާ އަދި އޭގެ ފަހުން ވެސް ގެންނަން ޖޭހޭ ކޮންމެ ބަދަލެއް ގެނެސް ރާއްޖޭގެ މާހައުލަށް އެކަށޭނެ ގޮތަކަށް ފަރުމާކޮށްފައިވާތީ ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ އިންޖީނެކެވ.ެ

ޔަމަހާގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރު އެލިއާ އިން އެ އިންޖީނުތަކަށް ބޭނުންވާ ސްޕެއާ ވެސް ލިބެން ހުރެ އެވެ.

ޒަމާނީ އަދި ތަޖުރިބާކާރު އުފެއްދުންތައް ޔަމަހާއިން ތައާރަފް ކުރަމުންދާއިރު އެލިއާގެ މަގުސަދަކީ އެ ސިނާއަތުގައި ވީހާ ވެސް ގިނަ ދިވެހި މެކޭނިކުން ތަމްރީނު ކުރެވިފައި ތިބުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް