ހުޅުމާލޭގައި ބޭއްވި ދިރާގު ރޯޑް ރޭސް 2023 ދުވުން: މިއީ ރާއްޖޭގެ އެންމެ ބޮޑު ދުވުން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ދިރާގު ދުވުމުގައި އޮފީސްތަކަށް ހާއްސަ ބައެއް؛ ބައިވެރިވާން ހުޅުވާލައިފި

ރިސޯޓު، ސަރުކާރުގެ އިދާރާ، ސަރުކާރު ހިއްސާވާ ކުންފުނި އަދި ޕްރައިވެޓް ސެކްޓަރުގެ މުވައްޒަފުންނަށް ވެސް އެ ފަރާތެއްގެ މުއައްސަސާ ތަމްސީލުކުރުމަށް ޓީމްތައް އެކުލަވާލާ މި ކެޓަގަރީގައި ރަޖިސްޓާ ކުރެވޭނެ

ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް (ޑީ.އެމްއާރްއާރް) އޮފީސް/ރިސޯޓް ޓީމު ކެޓަގަރީ އެއް ތައާރަފުކޮށް ރެޖިސްޓާވާން ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - 5ކޭ ޓީމް އިވެންޓު ކެޓަގަރީއެއްގެ ގޮތުގައި މިއަދު އެ ކެޓަރަގީ ތައާރަފުކޮށްފައި ވަނީ ދިރާގުން ބުނިގޮތުގައި ރިސޯޓުތަކާއި އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޓީމެއްގެ ގޮތުގައި ބައިވެރިވެ، ވާދަވެރި މާހައުލެއްގައި އެކި މުއައްސަސާތައް ތަމްސީލު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ.

ތަފްސީލް - އަލަށް ތައާރަފްކުރި އޮފީސް/ރިސޯޓް ކެޓަގަރީއާ އެކު އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް 4 މީހުންގެ ޓީމެއްގެ ގޮތުގައި ބައިވެރިވެވޭނެ އެވެ. އެގޮތުން: 

  •  މުއައްސަސާއެއް ތަމްސީލުކުރުމަށް ކިތަންމެ ގިނަ ޓީމަކަށްވެސް ރެޖިސްޓާ ވެވޭނެ

  • ރިސޯޓު، ސަރުކާރުގެ އިދާރާ، ސަރުކާރު ހިއްސާވާ ކުންފުނި އަދި ޕްރައިވެޓް ސެކްޓަރުގެ މުވައްޒަފުންނަށް ވެސް އެ ފަރާތެއްގެ މުއައްސަސާ ތަމްސީލުކުރުމަށް ޓީމްތައް އެކުލަވާލާ ރަޖިސްޓާ ކުރެވޭނެ

  • ޓީމެއްގެ ގޮތުގައި ރަޖިސްޓާ ކުރާ އިރު ކޮންމެ މެމްބަރެއްގެ ރަޖިސްޓްރޭޝަން ފީއަކީ 250 ރުފިޔާ

އޮފީސް/ރިސޯޓް ކެޓަގަރީގެ މޮޅުވާ ޓީމުތައް ހޮވާނީ ޓީމުގެ ހުރިހާ މެމްބަރުން ރޭސް ނިންމާ ޖުމްލަ ވަގުތައް ބަލާފައެވެ. ހުރިހާ މެމްބަރުންވެސް 5K ރޭހުގެ ކަޓް-އޮފް ވަގުތުކަމަށްވާ 45 މިނެޓުގެ ތެރޭގައި ރޭސް ނިންމަން ޖެހެ އެވެ.

މި ކެޓެގަރީގެ އިނާމުތަކަކީ:

  • ޗެމްޕިއަން ޓީމް: 10،000ރ

  • ރަނަރަޕް ޓީމް: 8،000ރ

  • ދެވަނަ ރަނަރަޕް ޓީމް: 6000ރ

ދިރާގުން ބުނީ ޓީމްތަކުގައި ހުސް ފިރިހެން، ހުސް އަންހެން ނުވަތަ އަންހެން-ފިރިހެން މިކްސް ކޮށްވެސް ބައިވެރިވެ ދުވެވޭނެއެވެ.

މި ކެޓެގަރީގައި ބައިވެރިވާ ދުވުންތެރިންނަށް އިތުރު އެހެން ކެޓަގަރީއެއްގައި ބައިވެރިއެއް ނުވެވޭނެ އެވެ.

ޑީއެމްއާރްއާރް އަކީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.

  • މިއަހަރު ބާއްވަނީ މީގެ 15 ވަނަ ރޭސް

  • މި އަހަރުގެ ދުވުން އޮންނާނީ 25 އޮކްޓޫބަރު 2024 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގައި

އެނގުން މުހިއްމު - އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން، މި އަހަރުގެ ދިރާގު ރޯޑް ރޭހަކީ ވެސް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާ ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަ ދުވުމެކެވެ.

މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ޑީއެމްއާރުއާރުގެ ރަޖިސްޓްރޭޝަނަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. 4،000 ބައިވެރިންގެ ލިމިޓް ހަމަވަންދެކަށް މި އިވެންޓްގައި ރެޖިސްޓާ ވެވޭނެ އެވެ.

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް