މީހަކު ޑޮލަރުތަކެއް ގުނަނީ: ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައި (ފޮޓޯ/ބީއެމްއެލް)
ބޭރުގައި ކިޔަވާ ކުދިން ހާސްކަމަކަށް؛ ހަރަދުތައް ހަމަޖެއްސޭކަށް ނެތް
"ކުރިން ވެއްޖިއްޔާ ކާޑަކަށް އިދޭ 750 ޑޮލަރު ލިބިފައި. އެހެންވީމާ ރެންޓް ދެއްކުމާ ވިޔަފާރިކުރުމާ މިކަންކަން އޭރު ކޮށްލެވޭ ބީއެމްއެލް ކާޑުން ދީފައި އިންނަ ލިމިޓުން. އެކަމަކު މިފަހަރު ރެންޓު ވެސް ދައްކާނެ ގޮތެއް ހޯދަން މިޖެހުނީ،" އާއިލާއާ އެކު މެލޭޝިޔާގައި ދިރިއުޅޭ ދިވެއްސަކު މިއަދު ބުންޏެވެ.
ބީއެމްއެލްގެ ރުފިޔާ އެކައުންޓްތަކުން ބޭރުގައި މުއާމަލާތް ނުކުރެވޭ ގޮތް މިއަދު ހެދުމާ އެކު އެންމެ ބޮޑު ހާސްކަމެއްގެ ތެރޭގައި ތިބީ ބޭރުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނާއި އާއިލާތަކެވެ. އަދި އެކި ބޭނުންތަކަށް މި ވަގުތު ރާއްޖެއިން ބޭރުގައި ތިބި އެތައް ދިވެހިންނެއް ވެސް ތިބީ މި ކުއްލި ބަދަލުން ހާސްކަމެއްގެ ތެރޭގަ އެވެ. ސަބަބަކީ މިއަދު ހެނދުނާ ހަމައަށް ވެސް އެތައް ބަޔަކު ބަރޯސާވެގެން ތިބީ ބީއެމްއެލްގެ ކާޑުތަކުން ބޭރުގައި ވިޔަފާރިކުރަން ދީފައި އޮންނަ ލިމިޓަށް ކަމަށް ވާތީ އެވެ.
އެކަމަކު، ބީއެމްއެލްއިން ގެނައި މި ކުއްލި ބަދަލާ އެކު އެ ހުރިހާ ފަރާތްތަކަށް ވެސް މިހާރު މަޖުބޫރުވެފައި އޮތީ ހޯދުނު ތަނަކުން ޑޮލަރު ހޯދައިގެން އެ މީހުންގެ ހަރަދުތައް ހަމަޖެއްސުމަށެވެ.
"މެލޭޝިޔާ ވީމާ މި ލިބެނީ 415 ޑޮލަރު ހަޔާ އެޑިއުކޭޝަނުން ސްޓައިޕެންޑަށް ދޭ. އެއައުން މަސް ދުވަހެއްގެ ހުރިހާ ހަރަދެއް ހަމައެއް ނުޖެއްސޭ. ދެން އެހެން ނޫނީ ޖެހޭނީ ޑޮލަރު ޓީޓީ ކުރަން މި ކޮޅަށް. އެއަށް ބޮޑު ޗާޖެއް އެބަ ނަގާ ކޮންމެ ޓްރާންސެކްޝަނަކުން،" މެލޭޝިޔާގައި ކިޔަވަން ހުރި ދިވެއްސަކު ނަން ނުޖަހާ ގޮތަށް ބުންޏެވެ.
"ރެންޓާ އެއްޗެހި ދައްކާ ދުވަސް ކައިރިވެފައި އޮއްވައި ފުރުސަތެއް ނުދީ މި ބަދަލު ގެނައިމާ ވަރަށް އުނދަގޫވާނެ."
ކުރިން ވެއްޖިއްޔާ ކާޑަކަށް އިދޭ 750 ޑޮލަރު ލިބިފައި. އެހެންވީމާ ރެންޓް ދެއްކުމާ ވިޔަފާރިކުރުމާ މިކަންކަން އޭރު ކޮށްލެވޭ ބީއެމްއެލް ކާޑުން ދީފައި އިންނަ ލިމިޓުން. އެކަމަކު މިފަހަރު ރެންޓު ވެސް ދައްކާނެ ގޮތެއް ހޯދަން މިޖެހުނީ
ދިރިއުޅުމުގެ އަގު ބޮޑުވާނެ
ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހަކު ބުނި ގޮތުގައި މިހާރު މަޖުބޫރުވެފައި މި އޮތީ ރާއްޖެއިން އަގު ބޮޑުކޮށް ޑޮލަރު ގަންނާށެވެ. އަދި އަގު ބޮޑުކޮށް ގަންނަ ޑޮލަރު ޖަމާކޮށް އެ ފައިސާ ބޭރުގެ އޭޓީއެމްއަކުން ނަގާ ނަމަ ޗާޖްތަކަށް ނިސްބަތުން ބޮޑު އެއްޗެއް ދާނޭ ކަމަށް އޭނާ ބުންޏެވެ. އެހެންވުމުގެ ސަބަބުން ކުރިއާ އަޅާބަލާއިރު ހަރަދުތައް ބޮޑުތަނުން އިތުރުވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖެއިން ޑޮލަރު ގަތުން ނޫން ގޮތެއް މިހާރު ނެތީމާ ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހޭނީ. އަނެއްކާ މިކޮޅުން ޑޮލަރު ނަގަންޏާ އޭގައި ވަރަށް ބޮޑު އެއްޗެއް ގެއްލިފައި ވަރަށް ދަށް ރޭޓެއް ލިބޭނީ. އެހެން ވީމާ ވަރަށް ބޮޑަށް މި އަގު ބޮޑުވީ މިހާރު ދިރިއުޅުން މިކޮޅުގައި،" ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހަކު އޭނާގެ ކަންބޮޑުވުން ކިޔައިދިނެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި ރާއްޖެއިން ޑޮލަރު ގަތުމަކީ ބައެއް ފަހަރަށް ވަރަށް ނުރައްކާ ކަމެކެވެ. ޑޮލަރު ގަންނަން ފައިސާ ދިނަސް ޑޮލަރު ލިބޭނޭ ކަމުގެ ޔަގީންކަމެއް ނޯވެ އެވެ. އެހެންވެ، ކަޅު ބާޒާރުން ޑޮލަރު ގަނެގެން ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުން އެއީ ޔަގީންކަމެއް އޮންނަ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.
"ބުލެކް މާކެޓް އަނެއްކާ ވެސް މި ފުޅާވަނީ. އެތަނުން ނޯވާ ޔަގީން ކަމެއް ވެސް. އެތައް ބައެއްގެ ފައިސާ ގެއްލިފައި އެބަހުރި. ވަރަށް ބޮޑު އަންސާޓެއިނިޓީއަކަށް މި ދިޔައީ،" އޭނާ ބުންޏެވެ.
"މިހާ ކުއްލިއަށް މި ބަދަލު އައިސްފާނެ ކަމަށް ހީވެއް ނުކުރަން."
ކޮމެންޓް (2)
ބުހުތާނު ދޮގު
ތެފައާސާ.