ބީއެމްއެލްގެ ހިންގެވުން ހަވާލުކޮށްފައިވާ އައިޝަތު ނޫރައްދީން

ބީއެމްއެލް

އައިޝަތު ނޫރައްދީން ބީއެމްއެލްގެ ބޯޑުން ވަކިކޮށްފި

ބީއެމްއެލްއަށް ހިދުމަތް ކުރައްވާތާ 42 އަހަރުވެފައިވާ އައިޝަތު ނޫރައްދީން ބީއެމްއެލްގެ ބޯޑުން ވަކިކުރީ ޕީސީބީން މިއަދު ފޮނުވި ސިޓީއަކުން
24 އޯގަސްޓު 2024
6

ގައުމީ ބޭންކް، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި އައިޝަތު ނޫރައްދީން އެ ބޭންކުގެ ބޯޑު މެންބަރުންކަމުން މިއަދު ވަކިކޮށްފި އެވެ.

ވީ ކިހިނެއް؟ - ބީއެމްއެލްއަށް ހިދުމަތް ކުރައްވާތާ 42 އަހަރުވެފައިވާ އައިޝަތު ނޫރައްދީން ބޭންކުގެ ބޯޑުން ވަކިކުރިކަން އޭނާއަށް އަންގާފައިވަނީ ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން އޭނާއަށް މިއަދު ފޮނުވި ސިޓީއަކުންކަން 'ދައުރު'އަށް ވަނީ ކަށަވަރުވެފަ އެވެ. 

އެނގުން މުހިންމު - ބީއެމްއެލްގެ ޗާޓަރު ބުނާ ގޮތުން އެ ބޭންކަކީ އާންމު ރައްޔިތުން ވެސް ހިއްސާވާ ކުންފުންޏަކަށް ވާތީ އެ ބޭންކުގެ ބޯޑް ޑިރެކްޓަރުން ވަކިކުރެވެނީ ހިއްސާދާރުންގެ އާންމު ޖަލްސާއަކުންނެވެ. 

މިދިޔަ ޖެނުއަރީގައި ވެސް ޕީސީބީން ބީއެމްއެލްގެ ފަސް ޑިރެކްޓަރަކު މަގާމުން ވަކިކުރި އެވެ. އެހެން ނަމަވެސް އެގޮތަށް އަމަލު ކުރެވިދާނެ ކަމާ މެދު ގާނޫނީ ސުވާލުތައް ކުރިމަތިވެ ޕީސީބީން އޭރު އެންގި އެންގުން ބާތިލްކޮށް އެ ބޭފުުޅުން އަލުން ބޯޑަށް ހަމަޖެއްސި އެވެ. އެ ބޭފުޅުން ފަހުން ވަކިކުރީ ހިއްސާދާރުންގެ އާންމު ޖަލްސާއަކުންނެވެ. 

ފާހަގަކޮށްލެވޭ - ބީއެމްއެލްއަށް ޑޮލަރު ލިބޭވަރު މަދުވެ އެ ބޭންކުގެ ކާޑުތަކުން ބޭރުގައި ވިޔަފާރި ކުރަން ދީފައިވާ ލިމިޓްތައް ކުޑަކުރަން ބޭންކަށް ވަނީ މަޖުބޫރުވެފަ އެވެ. 

ކޮމެންޓް (6)

profile-image-placeholder

އައްޑާ

24 އޯގަސްޓު 2024
ބޯޑު މެމްބަރުން ވަކިކުރީމާ ޑޮލަރު ބޭންކަށް ވަންނަނީބާ؟

ސިކުނޑި

24 އޯގަސްޓު 2024
ކުރިންވެސް ގަވައިދާ ޚިލާފަށް ކުރެވުނު ކަމެއް އަނެއްކާވެސް ކުރީ ޕީސީބީއަށް ހަމަ ނޭނގިގެންތޯ؟ ސަރުކާރު ހިންގަންއުޅެންޏާ މިކަހަލަ ދެކޮޅު ނުޖެހޭ ކަންކަން ކުރާނެ! ބީއެމްއެލް ޗާޓަރުވެސް ބޮލާލާ ޖަހަނީތޯ! މުއީޒުގެ އިގުތިސާދީ ސިޔާސަތާއި ގައުމުގެ ހާލަތު ނުބައްދަލުވަންޏާ، ލަދުގަތަސް އެއްޗެހިކިޔަސް ސިޔާސަތު ބަދަލުކުރަންޖެހޭނެ! ބޭންކުން ޖަހާނީ އަބްދުއްރަހީމުގެ ހިސާބެއްނޫން! ހުސްގޮނޑިވެސް ދައްކާފަ ފަހުން އެއްލާލިގޮތަށް ހުރިހާ ސިޔާސަތެއް ބަދަލުވާނެ! ގައުމު ހިންގުމަކީ ކޮންމެކޮންމެ މީހަކަށް ވާކަހަލަ ކަމެއްނޫން!!

އެރަހީމު

24 އޯގަސްޓު 2024
ލ. ފޮނަދޫ މަކުތަބުއް ސިރާޖުން ބޭންކިިން ދާއިރާއިން ޕީއެޗްޑީ ނަގާފަ ހުރި މީހަކު ލާންވެގެން ކަމަށް ރަށުތެރޭ ޙަބަރުތައް ބުނަނީ.

ހިމާރުލްގައުމު

24 އޯގަސްޓު 2024
ތަނެއްގަ ރޯ ފިލާފަ މީހަކު ހުރިއްޔާ އެ މީހަކު ވަކިކޮށް ތަނެއް ދޮރެއް ދޮރާއްޓެއް ނުދަންނަ މީހުން ތަންތަނަށް ލައިގެން މުޅި މި ގައުމު ހަފުސް ކޮށްފި. ގައުމުގެ މައި އިގްތިސާދު ރެޕްޒެންޓުކުރަން އެހެރަ މީހަކާ ހެދި ރިސޯޓުގެ ގެސްޓަކާ ވާހަކަ ދައްކަންވެސް ނުކެރިފަ މި ތިބެނީ.

ހުވަދޫ އަހައްމަދޭ

24 އޯގަސްޓު 2024
42 އަހަރު ވިީއިރު ތަފާތު ފަސް ރައީސުން ވަކި ނުކުރި ޙިދުމަތްތެރިއެއް. ގައިމު ކަމެއް ވީމަ. ފަސް ނަމާދު ކުރިޔަސް އަދި އެއީ މާ ޙުލްގުހުރި ހެޔޮ މީހަކަށް ނުވާދާނެ އެ މީހަކު.

ޖޭމުގޭ އަހައްމާދީ

24 އޯގަސްޓު 2024
ތަންތަނުގެ ތިބި ނޮލެޖެބަލް މީހުންތައް ކަނޑާ އެއްލާލާފަ ލަޓޯފަޓޯއިން ލައިގެން ވެރިކަމެއް ތިޔަ ކުރަނީ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް