އެމްއެމްއޭ އިމާރާތް (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

އެމްއެމްއޭ

މާލީ އިދާރާތަކުގެ ބޯޑުތަކަށް ސިޔާސީ މީހުން އައްޔަންކުރެވޭ ގޮތް ހަދައިފި

މީގެ ކުރިން ގަވައިދު އޮންނަ ގޮތުން، ސަރުކާރުގެ އެއްވެސް މިނިސްޓްރީއެއްގެ މަގާމަކަށް ރައީސް އައްޔަންކުރައްވާފައި ހުންނަވާ އެއްވެސް މީހަކަށް އެފަދަ ބޯޑެއްގައި ނުހުންނެވޭނެ

ބޭންކުތަކާއި އިންޝުއަރެންސްގެ ހިދުމަތް ދޭ ކުންފުނިތައް އަދި މާލީ ކުންފުނިތަކުގެ ބޯޑުތަކުގައި ސިޔާސީ މީހުން ހިމެނޭ ގޮތަށް ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތައް އަދި މާލީ ކުންފުނިތަކުގެ ކޯޕަރޭޓު ގަވަނެންސް ގަވައިދަށް އިސްލާހު ގެނެސްފި އެވެ.

ވީ ކިހިނެއް؟ - އެ ގަވައިދަށް އިސްލާހު ގެނެސް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ވަނީ މިއަދު ގެޒެޓު ކޮށްފަ އެވެ.

ތަފްސީލު - އިސްލާހު ގެޒެޓު ކުރާ ތާރީހުން ފެށިގެން އަމަލު ކުރާ ގޮތަށް ގެނެސްފައިވާ އިސްލާހާ އެކު ކެބިނެޓު މިނިސްޓަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން އަދި ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ފިޔަވައި ސިޔާސީ މަގާމުތަކުގައި ތިއްބަވާ އެހެން ބޭފުޅުންނަށް ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތައް އަދި މާލީ ހިދުމަތް ދޭ ކުންފުނިތަކުގެ ބޯޑަށް އައްޔަންކުރެވޭނެ އެވެ.

މީގެ ކުރިން ގަވައިދު އޮންނަ ގޮތުން ބޭންކުތަކުގެ ބޯޑުގައި ނުތިއްބެވޭނީ:

  • ސަރުކާރުގެ އެއްވެސް މިނިސްޓްރީއެއްގެ މަގާމަކަށް ރައީސް އައްޔަންކުރައްވާފައި ހުންނަވާ އެއްވެސް ބޭފުޅެއް

  • ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގެ ވެރިއަކަށް ރައީސް އައްޔަންކުރައްވާފައި ހުންނަވާ ބޭފުޅެއް

  • ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް

  • ގާނޫނުތަކުން ބާރު ލިބިގެންް އުފައްދާފަައިވާ މުއައްސަސާތަކުގެ ވެރިންނަށް

އެނގުން މުހިންމު - ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ސަރުކާރުގެ ވަކި މެންޑޭޓުތަކެއްގެ ދަށުން ސަރުކާރުގެ ސްޓްރެޓެޖިކް ނިންމުންތަކާއި އެ ނޫން ވެސް އަސާސީ ބޭނުންތަކަށް ރައްޔިތުންނަށް މުހިއްމު ހިދުމަތްތަކެއް ދޭ ތަންތަނަށް ވާތީ، ސަރުކާރުގެ ކުންފުނިތަކަށް ޕޮލިސީ ލެވެލްގެ ބޭފުޅުން އައްޔަންކުރެވޭހެން ގަވައިދަށް އިސްލާހު ގެނައުމަކީ މައްސަލައެއް ނޫން ކަމަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެމްއެމްއޭއަށް ފޮނުވި ކަމަށް ބުނާ ސިޓީއެއް ވެސް ވަނީ ދައުރުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް