ބީއެމްއެލް މޮބައިލް އެޕް އަދި އިންޓަނެޓް ބޭންކިން ވެބްސައިޓަށް މިއަދު މައްސަލަ ޖެހިފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ބީއެމްއެލް

ބީއެމްއެލް އިންޓަނެޓް ބޭންކިންގެ ހިދުމަތް އަލުން ދޭން ފަށައިފި

މިއަދު ހެނދުނުން ފެށިގެން ވަނީ އެ ބޭންކުގެ އޭޓީއެމް އިން ފައިސާ ނެގޭ ގޮތް ނުވުމާއި ކާޑު ނެޓްވޯކަށް މައްސަލަ ދިމާވެ، ކާޑު ބޭނުން ނުކުރެވުމުގެ އިތުރުން މޮބައިލް އެޕް އާއި އިންޓަނެޓު ބޭންކިންއަށް ނުވަދެވުން ފަދަ މައްސަލަތައް ދިމާވެފައި
7 އޯގަސްޓު 2024

ބޭންކް އޮފް މޯލްޑިވްސް (ބީއެލްއެލް)ގެ ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މިއަދު ހެނދުނުން ފެށިގެން ނުލިބުނު ބޭންކުގެ ހިދުމަތްތައް އަލުން ދޭން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހެނދުނުން ފެށިގެން ވަނީ އެ ބޭންކުގެ އޭޓީއެމް އިން ފައިސާ ނެގޭ ގޮތް ނުވުމާއި ކާޑު ނެޓްވޯކަށް މައްސަލަ ދިމާވެ، ކާޑު ބޭނުން ނުކުރެވުމުގެ އިތުރުން މޮބައިލް އެޕް އާއި އިންޓަނެޓު ބޭންކިންއަށް ނުވަދެވުން ފަދަ މައްސަލަތައް ދިމާވެފަ އެވެ.

ތަފްސީލް - ބީއެމްއެލުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ދިމާވި ނެޓްވޯކް މައްސަލަ ހައްލުކޮށް، އަލުން ހިދުމަތްތައް ދޭން ފަށާފައިވާ ކަމަށެވެ.

ހިދުމަތްތައް މެދުކެނޑުނުތާ ނުވަ ވަރަކަށް ގަޑިއިރު ފަހުން މިއަދު މެންދުރު ފަހު ޕީއޯއެސް އާއި އޭޓީއެމް ހިދުމަތް ވަނީ ރަނގަޅުކޮށްފަ އެވެ.

ބޭންކުން ވަނީ މިއަދު ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށް ވެސް ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް