މީގެ ކުރިން ބޭއްވި ލިވިން އެކްސްޕޯ އެއްގައި ހުރި އެޗްޑީއެފްސީގެ ސްޓޯލް

އެޗްޑީއެފްސީ

ލިވިން އެކްސްޕޯގެ މާލީ ޕާޓްނަރަކަށް އެޗްޑީއެފްސީ

މިއީ ބޯހިޔާވަހިކަމަށް ރާއްޖޭގައި ހުރި ފުރުސަތުތައް އާންމުންނާއި ހަމައަށް ގެނެސްދޭ، ރިއަލް އެސްޓޭޓު ޑިވެލޮޕަރުންނާއި އިންވެސްޓަރުން އަދި މާލީ އިދާރާތައް އެއް ފުރާޅެއްގެ ދަށަށް ގެނެސްދޭ ހަރަކާތެއް

މޯލްޑިވްސް ލިވިން އެކްސްޕޯގެ މާލީ ނުވަތަ ފައިނޭންޝަލް ޕާޓްނަރަކަށް ހައުސިން ޑިވެލޮޕްމެންޓު ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ހަމަޖައްސައިފި އެވެ.

ލިވިން އެކްސްޕޯ އަކީ 2013 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ އެކްސްޕޯ އެކެވެ. މިއީ ބޯހިޔާވަހިކަމަށް ރާއްޖޭގައި ހުރި ފުރުސަތުތައް އާންމުންނާއި ހަމައަށް ގެނެސްދޭ، ރިއަލް އެސްޓޭޓު ޑިވެލޮޕަރުންނާއި އިންވެސްޓަރުން އަދި މާލީ އިދާރާތައް އެއް ފުރާޅެއްގެ ދަށަށް ގެނެސްދޭ ހަރަކާތެކެވެ.

މީގެ ކުރިން ކުރިއަށް ގެންދިޔަ ލިވިން އެކްސްޕޯ ހަރަކާތެއް

މި އަހަރުގެ ލިވިން އެކްސްޕޯ ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާ ބަންދު ނިމެންދެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ދާނެ އެވެ.

އެ ހަރަކާތަށް ޒިޔާރަތް ކުރާ މީހުންގެ ތެރެއިން ގެދޮރު ގަންނަން ބޭނުންވާ މީހުންނަށް އެޗްޑީއެފްސީ މެދުވެރިކޮށް ލިބެންހުރި ފުރުސަތުތަކުގެ މައުލޫމާތު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން: 

  •  ލިބޭ އާމްދަނީއަށް ބިނާކޮށް ފައިނޭންސްގެ ގޮތުގައި ނެގިދާނެ އަދަދެއް ބަލާލެވޭނެ

  • މި މައުލޫމާތު އެކްސްޕޯގައި ހުންނަ އެޗްޑީއެފްސީގެ ސްޓޯލާއި އެހެން ސްޓޯލު ތަކުން ވެސް ލިބޭނެ

  • އެޗްޑީއެފްސީ އިން ދޭ އިސްލާމިކް އަދި ކޮންވެންޝަނަލް ފައިނޭންސިން ފެސިލިޓީތަކާ ބެހޭ މައުލޫމާތު ދޭނެ

މީގެ އިތުރުން އެޕާޓްމަންޓް ގަތުމަށާއި، ގެދޮރު އިމާރަތް ކުރުމުގެ އިތުރުން ގެދޮރު މަރާމާތު ކުރުމަށް ދޫކުރާ ފެސިލިޓީތަކުގެ މައުލޫމާތާއި އެ ފެސިލިޓީތައް ހޯދުުމަށް އެދި ހުށަހަހަޅަން ޖެހޭ ލިޔެކިޔުންތަކާ ގުޅޭ މައުލޫމާތު ވެސް މި އެކްސްޕޯގެ ތެރެއިން ލިބޭނެ ކަމަށް އެޗްޑީއެފްސީ އިން ބުންޏެވެ.

ލިވިން އެކްސްޕޯ އަކީ އާންމުންގެ ތެރޭ މަގުބޫލު އެކްސްޕޯ އެކެވެ. މި ހަރަކާތުގެ ތެރެއިން ބޯހިޔާވަހިކަމަށް ހުރި ގިނަ ފުރުސަތުތަކާ ގުޅޭ މައުލޫމާތު އެއް ތަނަކުން ލިބޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް