ނ އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުން (ފޮޓޯ/އެމްޓީސީސީ)

އާރުޓީއެލް ފެރީ

ނ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފަށައިފި

ހަފްތާއެއް ވަންދެން އެ ހިދުމަތް ދޭނީ ހިލޭ؛ އަންނަ މަހުގެ 2 އިން ފެށިގެން ނ. އަތޮޅުގައި ދޭ އާރުޓީއެލްގެ ހިދުމަތުން އަގު ނަގާނެ

ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅާލުމަށް ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް ޕަބްލިކް ފެރީ ނެޓްވޯކު (އާރުޓީއެލް) މަޝްރޫއުގެ ދަށުން ހައި ސްޕީޑު ފެރީ ނިޒާމުން ނ. އަތޮޅު އިއްޔެ ގުޅާލައިފި އެވެ.

ވީ ކިހިނެއް؟ - ނ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށީ އިއްޔެ އެވެ. އެއާ އެކު، ކުރިއަށް އޮތް ހަފްތާ އެ ހިދުުމަތް އެއްވެސް އަގަކާ ނުލާ ރައްޔިތުންނަށް ލިބޭނެ ކަމަށް އާރުޓީއެލްގެ ހިދުމަތް ދޭ އެމްޓީސީސީން ބުންޏެވެ.

ތަފްސީލް - އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ ހިލޭ ދަތުރު ކުރުމުގެ ފުރުސަތު ދެނީ އެ ނިޒާމަށް ރައްޔިތުން އަހުލުވެރިކޮށް، ފެރީ ޝެޑިއުލާ އެކު ހިދުމަތް ތަޖުރިބާ ކުރުމުގެ ފުރުސަތު ދޭން ކަމަށެވެ.

އަންނަ މަހުގެ 2 އިން ފެށިގެން ނ. އަތޮޅުގައި ދޭ އާރުޓީއެލްގެ ހިދުމަތުން އަގު ނަގާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

ހިދުމަތް ހިލޭ ދޭ މުއްދަތުގައި ޖާގަ ހޯދަން ޖެހެނީ އެ ރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށެވެ. އަގު ނަގަން ފެށުމުން ކައުންސިލް މެދުވެެރިކޮށް ޖާގަ ދިނުން ހުއްޓާލާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އަގު ނަގަން ފެށުމުން ކަސްޓަމަރުން ޓިކެޓް ލިބޭނީ އާރުޓީއެލް އެޕްލިކޭޝަނުން އަދި ވެބްސައިޓު މެދުވެރިކޮށެވެ.

ގުޅުން ހުރި - އާރުޓީއެލްގެ ހިދުމަތް ދޭން ނިންމާފައި ވަނީ ހަ ޒޯނަކަށް ބަހާލައިގެންނެވެ. އެއީ:

  • މިހާރު ތިން ޒޯނެއްގައި މި ހިދުމަތް ދޭ؛ އެއީ ހއ.، ހދ.، އަދި ށ. އަތޮޅު ހިމެނޭ ޒޯނުގެ އިތުރުން ޅ. އަތޮޅު އަދި އެންމެ ދެކުނު ގއ.، ގދ.، ފުވައްމުލައް އަދި އައްޑޫގައި

  • ސެޕްޓެމްބަރު މަހު ރ. އަތޮޅުގައި އަދި ނޮވެމްބަރު މަހު ބ. އަތޮޅުގައި ހިދުމަތް ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް