އެމްއައިބީގެ ބިޒްނަސް ކަސްޓަމަރުންނަށް ހާއްސަ އާ ހިދުމަތްތަކެއް ތައާރަފު ކުރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެމްއައިބީ

އެމްއައިބީގެ ބިޒްނަސް އެކައުންޓު ހުޅުވުން ޑިޖިޓަލްކޮށް، ވިޔަފާރިތަކަށް އާ ހިދުމަތްތަކެއް

އެމްއައިބީ އިން ވަނީ ވިޔަފާރިތަކަށް ހާއްސަ ޝަރީއާ ކޮމްޕްލަޔަންޓު އޯވާ ޑްރާފްޓުގެ ހިދުމަތް ވެސް ތައާރަފުކޮށްފައި

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ ބިޒްނަސް އެކައުންޓުތައް ވެސް އޮންލައިންކޮށް ހުޅުވޭނެ ގޮތް ހަމަޖައްސައި ވިޔަފާރި ކަސްޓަމަރުންނަށް އާ ހިދުމަތްތަކެއް ތައާރަފުކޮށްފި އެވެ.

ވީ ކިހިނެއް؟ - ބުރާސްފަތި ދުވަހުގެ ރޭ މީރުމާ އިވެންޓު ހޯލްގައި ބޭސްވި ރަސްމިއްޔާތެއްގައި އެމްއައިބީ އިން ވަނީ ޑިޖިޓަލްކޮށް ބިޒްނަސް އެކައުންޓު ހުޅުވުމުގެ ހިދުމަތުގެ އިތުރުން ވިޔަފާރިތަކަށް ހާއްސަ ޝަރީއާ ކޮމްޕްލަޔަންޓު އޯވާ ޑްރާފްޓުގެ ހިދުމަތް ވެސް ތައާރަފުކޮށްފަ އެވެ.

18 ޖުލައި 2024: މީރުމާ ލައުންޖުގައި މޯލްޑިވްސް އިސްލާމިކް ބެންކުން އާ ޕްރޮޑަކްޓެއް އިފްތިތާހް ކުރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
18 ޖުލައި 2024: މީރުމާ ލައުންޖުގައި މޯލްޑިވްސް އިސްލާމިކް ބެންކުން އާ ޕްރޮޑަކްޓެއް އިފްތިތާހް ކުރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ތަފްސީލް - އެމްއައިބީ އިން ބުނީ ވިޔަފާރިތަކަށް އެ ބޭންކުން ދޭ ހިދުމަތްތައް ފުޅާކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އަބަދު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން

  • ބިޒްނަސް ބޭންކިން ކަސްޓަމަރުންނަށް ހާއްސަކޮށް އެމްއައިބީގެ ބިޒްނަސް ބޭންކިން ބްރާންޗުން ހެނދުނު 8:30 އިން ހަވީރު 4 އަށް ހިދުމަތް ދޭނެ

  • ވިޔަފާރިތަކުގެ އެކްސްޕެންސް މެނޭޖުކުރުމަށް ފަސޭހަވާނެހެން ތައާރަފު ކުރި ބިޒްނަސް އެކްސްޕެންސް ކާޑު ފަސޭހައިން ޓޮޕްއަޕް ކުރެވޭނެ ހިދުމަތާ އެކު ކަސްޓަމަރުންގެ ފީޑް ބެކާ އެކު އެ ކާޑުގެ ބޭނުންތައް ވަނީ ފުޅާކޮށްފައި

  • ޕޭރޯލް އަވަހަށް ޕްރޮސެސް ކުރުމަށް މުސާރަ ކޯޑު މެދުވެރިކޮށް މުސާރަތައް ކޮންމެ ބޭންކަކަށް ވެސް ޖަމާކުރެވޭނެ

  • ބަލްކް ޓްރާންސްފާ ހިދުމަތާ އެކު ޕޭމެންޓު ޝެޑިއުލް ކުރެވޭނެ ހިދުމަތެއް ވެސް ތައާރަފުކުރި

  • ވިޔަފާރި ކަސްޓަމަރުންނަށް ފަވަރަ ބޭނުންކޮށްގެން ބަލްކް ޓްރާންސްފާގެ ހިދުމަތް ހޯދޭނެ

ފާހަގަ ކުރެވޭ - އެމްއައިބީ އިން ވަނީ އެ ބޭންކުގެ ވިޔަފާރި ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހު އޯޕަންޑޭއެއް ވެސް ބާއްވައިފަ އެވެ. ކުރިއަށް އޮތްތަނުގައި އެ ހަރަކާތް ކޮންމެ އަހަރަކު ވެސް ބާއްވާން ބޭންކުން ވަނީ ނިންމައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް