އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުން ބައިވެރިވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެމްޓީސީސީ

އެމްޓީސީސީގެ ހިއްސާއަކަށް 3ރ. ބަހަން ފާސްކޮށްފި

ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީ އަށް މިދިޔަ އަހަރު ލިބުނީ މިލިއަން ރުފިޔާ، މިއީ ކުރީ އަހަރާ އަޅާ ބަލާއިރު %50 ދަށް އަދަދެއް

އެމްޓީސީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާގެ ފައިދަގެ ގޮތުގައި3ރ. ބަހަން މިރޭ ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިގޮތަށް ފާސްކުރީ މިރޭ އުމަރު ޒާހިރު ބިލްޑިން ގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ.

ތަފްސީލު - އެމްޓީސީސީގެ 2023 ވަނަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު:

  • ޖުމްލަ އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބުނު؛ މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު %30 އިތުރު އަދަދެއް

  • ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނީ 278 މިލިއަން ރުފިޔާ، މިއީ ކުރީ އަހަރާ އަޅާބަލާއިރު %14 ދަށް އަދަދެއް

  • ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 97 މިލިއަން ރުފިޔާ، މިއީ ކުރީ އަހަރާ އަޅާ ބަލާއިރު %50 ދަށް އަދަދެއް

  • ސާފު ފައިދާ ދަށަށް ދިޔައީ އެމްޓީސީސީގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން ޕްރޮވިޝަންސް އަދި ފައިނޭންސް ކޮސްޓު އެކްސްޕެންސް އިތުރުވުމުން

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުން ބައިވެރިވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ގުޅުން ހުރި - މިރޭގެ ޖަލްސާގައި އެމްޓީސީސީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރުން އައްޔަނު ކުރުން ވެސް އޮތެވެ. ކުރިއަށް އޮތް ދައުރަށް އެ ކުންފުނީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނީ:

  • ނަސްރަތު މުހައްމަދު

  • މުހައްމަދު އިމްރާން އަދުނާން

އަންނަ އަހަރު ކުންފުނި އޮޑިޓު ކުރާނެ ފަރާތެއްގެ ގޮތުގައި ޑިލޮއިޓް ކަނޑައެޅުމަށް ވެސް މިރޭ ފާސްކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް