މީޑިއާނެޓް ހެޑް އޮފީސް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މީޑިއާނެޓް

މީޑިއާނެޓުން ކުރިއަށްގެންދާ ޕީއެސް 5 ލިބޭ ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ދަންމާލައިފި

މީޑިއާނެޓު ކަސްޓަމަރުން މިހާރު ގެންގުޅޭ ނުވަތަ އެންމެ ފަހުން އެކްޓިވްކޮށް ގެންގުޅުނު ޕެކޭޖަށް ވުރެ ބޮޑު ކޮންމެ ޕެކޭޖެއް އެކްޓިވޭޓުކޮށްގެން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ

މީޑިއާނެޓުން ކުރިއަށް ގެންދާ ޕީއެސް 5 ލިބޭ ޕްރޮމޯޝަނުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - 'ލެވަލް އަޕް އެންޑް ވިން'ގެ ނަމުގައި މީޑިއާނެޓުން ފަށާފައިވާ ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު މީޑިއާ ނެޓުގެ ހިދުމަތް ބޭނުންކުރާ ރެޒިޑެންޝަން ހުރިހާ ކަސްޓަމަރުންނަށް އޮންނާނެ އެވެ.

ތަފްސީލް - މީޑިއާނެޓު ކަސްޓަމަރުން މިހާރު ގެންގުޅޭ ނުވަތަ އެންމެ ފަހުން އެކްޓިވްކޮށް ގެންގުޅުނު ޕެކޭޖަށް ވުރެ ބޮޑު ކޮންމެ ޕެކޭޖެއް އެކްޓިވޭޓުކޮށްގެން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

މީޑިއާނެޓުން ކުރިއަށް ގެންދާ ޕީއެސް 5 ލިބޭ ޕްރޮމޯޝަނުގެ މުއްދަތު މި މަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައި

އެ ކުންފުނިން ބުނީ ޕްރޮމޯޝަނުގައި ބައިވެރިވުމަށް މުއްދަތު އިތުރު ކުރީ ޕްރޮމޯޝަނަށް ލިބުނު ތަރުހީބުގެ ސަބަބުން ކަމަށެވެ.

 ޕްރޮމޯޝަނުގައި ނަސީބުވެރިއަކު ހޮވާ ޕީއެސް 5 ސްލިމްއެއް ދޭނެ އެވެ.

ގުޅުން ހުރި - ޕެކޭޖު ގަތުމަށް ބޭނުން ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު މީޑިއާނެޓުގެ 'ކުއިކް ޕޭ' ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕެކޭޖަށް ފައިސާ ދެއްކޭނެއެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް