އިއްޔެގެ ޕެނަލް ޑިސްކަޝަންގައި ޝަރީފް ވާހަކަ ދައްކަވަނީ (ފޮޓޯ/އެމްއޭސީއެލް)

ރޭގަނޑު ވެސް ސީޕްލޭން ދަތުރު ކުރެވޭ ގޮތަށް ހިދުމަތް ފުޅާކުރަނީ

ޒަމާނީ، އީޖާދީ ސީޕްލޭން ޓެކްނޮލަޖީ ތައާރަފުކޮށް ތަރައްގީ ކުރުމަށް ރާއްޖެ އަކީ އެންމެ ރަނގަޅު މަންޒިލް ކަމަށް އެމްއޭސީއެލްގެ އެމްޑީ ވިދާޅުވި

ރޭގަނޑު ވެސް ސީޕްލޭންގެ ހިދުމަތް ދެވޭ ފެންވަރަށް ރާއްޖޭގައި އެ ހިދުމަތް ފުޅާކުރުމުގެ ވިސްނުން އެބަހުރި ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިހާރު ކުރުބާ ރިސޯޓްގައި ކުރިއަށްދާ އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ތެރެއިން އިއްޔެ ބޭއްވި ލެޒާ ޑެސްޓިނޭޝަންސްގެ ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ޒަމާނީ، އީޖާދީ ސީޕްލޭން ޓެކްނޮލަޖީ ތައާރަފުކޮށް ތަރައްގީ ކުރުމަށް ރާއްޖެ އަކީ އެންމެ ރަނގަޅު މަންޒިލް ކަމަށެވެ.

ތަފްސީލް - ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ހަބްގެެ އިތުރުން އެންމެފުޅާ ދާއިރާއެއްގައި ސީޕްލޭންގެ ހިދުމަތް ދޭ ކުންފުނި ވެސް އޮންނަނީ ރާއްޖޭގަ އެވެ.

ޝަރީފް ވިދާޅުވީ ރޭނގަޑު ވެސް ސީޕްލޭންގެ ހިދުމަތް ދެވޭގޮތަށް ވޯޓާ ރަންވޭގައި ލައިޓް ހަރުކޮށް އެ ހިދުމަތް ފުޅާ ކުރަން ނިންމާފައިވާ ކަމަށެވެ.

މިހާރު ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދެނީ ފަތިހުން ފެށިގެން އިރު އޮއްސެންދެންނެވެ.

"މި ބަދަލާއެކު ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުން އައިސް ރާއްޖޭގެ އޭވިއޭޝަން ދާއިރާ އަށް އުމްރާނީ ބޮޑު ކުރިއެރުމެއް އަންނާނެ،" އިއްޔެގެ ޕެނަލް ޑިސްކަޝަން ގައި ޝަރީފް ވިދާޅުވި އެވެ.

އެނގުން މުހިއްމު - އެއާ ސާވިސް ވޯލްޑް ކޮންގްރެސް އަކީ އެ ސިނާއަތުގެ އެކި ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތައް އެއްތަންކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މިއީ މި ކޮންގްރެސް ބާއްވާ ހަތްވަނަ އަހަރެވެ.

ކޮމެންޓް (2)

4މުލައް

12 ޖުލައި 2024
އޭބަލަ މިތިބަ މޮޅެތިވެރިންނޭ! ތިޔަހެން ހެދީމަ، ހުޅުމާލޭގެ ހިންގަމުން އަންނަ ގެސްޓްހައުސްތައް ބަންދުކުރަންޖެހޭނެއޭ! ކަމެއް ކުރުމުގެ ކުރިން ވިސްނާލަބަލަ. ކިހިނެއް ވެގެންތަ މިއުޅެނީ! ކޯއްޗެއްތަ ކިޔަވައިގެން ތިތިބީ! އަޖައިބު ވެދާނެ!
0 0

ހިތަދޫ 2

11 ޖުލައި 2024
އެއަކީ ސޭފް ކަމެއް ނޫން، މޫދުގަ ޖެއްސުމާ އަސްފަލްޓް ޖެއްސުން އެއީ ދެކަމެއް. ރޭގަނދު ދެން ހުރިހާ ރިސޯޓް ބޭރުގަވެސް ރަންވޭ ލައިޓް ހަރުކުރަނީ؟ އޭރުން ކަނޑު ދަތުރު ކުރާ ބޯޓުފަހަރަށް އޮޅުން އަރާގޮތް ނުވާނެ ފަރު ބައްތިތަކަ އެހެނިހެން ބައްތި ތަކަކީ ރޭގަނޑު ފެނުނަސް ދުރުމިން އަނދާޒާ ކުރަން އުދަގޫ އެއްޗެއް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް