އެމެރިކާގެ ޓްރޭޑު ރެޕްރެޒެންޓޭޓިވުންނާއެކު މިނިސްޓަރު ސައީދު ބޭއްވެވި ބައްދަލުކުރެއްވުން (ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ)

ސައީދު އެމެރިކާ ވިޔަފާރިވެރިންނަށް: ކޮންޓެންޓް ހަދާ ދިވެހިނަށް ފުރުސަތު ދީ

ރާއްޖޭން ބޭރުކުރާ މަހުން ޑިޔުޓީ ކަނޑާލުމާ ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި

ރާއްޖޭގެ ކޮންޓެންޓު ކްރިއޭޓަރުންނަށް ބައިނަލްއަގުވާމީ ޕްލެޓުފޯމުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ގޮތްތަކާ މެދު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެމެރިކާގެ ވިޔަފާރިވެރިންނާ މަޝްވަރާ ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ސައީދު މިހާރު އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ ގައުމުގެ ޓްރޭޑު ރެޕްރެޒެންޓޭޓިވުންނާއެކު އިއްޔެ ބޭއްވި ރާއްޖެ-އެމެރިކާ ޓްރޭޑް އެންޑް އިންވެސްޓުމެންޓު ފްރޭމްވޯކު އެގްރިމެންޓު ބައްދަލުވުމުގައި އެމެރިކާގެ ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިންނާއެކު ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރައްވާފައިވެ އެވެެ.

ތަފްސީލް - އެ ބައްދަލުވުމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީ އިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖޭން ބޭރުކުރާ މަހުން ޑިޔުޓީ ކަނޑާލުމާ ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށެވެ.

އެ ބައްދަލުވުމުގައި، ރާއްޖޭގެ ޑިޖިޓަލް ކޮންެޓެންޓު ކްރިއޭޓަރުންނަށް ބައިނަލްއަގުވާމީ ޕްލެޓުފޯމުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭނެ މަގު ފަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ގުޅުން ހުރި - މިނިސްޓަރު ސައީދު އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެމެރިކާގެ ޗެމްބާ އޮފް ކޮމާސްގެ ބޭފުޅުންނާއެކު ވަށް މޭޒު މަޝްވަރާ ބައްދަލުވުމެއްގައި ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މީގެ އިތުރުން އެމެރިކާގެ ސްޓޭޓު ޑިޕާޓުމެންޓުގެ ބިޔުރޯ އޮޮފް އިކޮނޮމިކް އެންޑް ބިޒްނަސް އެފެއާޒްގެ ކޮމާޝަލް އެންޑް ބިޒްނަސް އެފެއާޒްގެ ހާއްސަ ރެޕްރެޒެންޓޭޓިވް އާ ވެސް މިނިސްޓަރު ސައީދު ވަނީ ބައްދަލު ކުރައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް