އެލިޔާއިން މީގެ ކުރިން ހިންގި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން (ފޮޓޯ/އެލިޔާ)

އެލިއާ

އެލިއާ އިން ލޭ ހަދިޔާކުރުމުގެ 10 ވަނަ ކޭމްޕު ހޮނިހިރު ދުވަހު ބާއްވަނީ

އެލިއާ އިން ބުނިގޮތުގައި ލޭ ބޭނުންވާ މީހުންނަށް ފަސޭހައިން ލޭ ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމަކީ މި ހަރަކާތުގެ އަމާޒެއް. ވީހާ ވެސް ގިނަ ބަޔަކު މި ކޭމްޕު މެދުވެރިކޮށް ލޭ ހަދިޔާކުރާނެ ކަމަށް އެ ކުންފުނިން އުއްމީދުކުރޭ

އެލިއާ އިން މޯލްޑިވިއަން ބްލަޑް ސާވިސްއާ ގުޅިގެން އަންނަ ހޮނިހިރު ދުވަހު ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ތަފްސީލް -  ދަރުމައަށް ލޭ ހަދިޔާކުރުމުގެ ފުރުސަތާ އެކު މި ކޭމްޕް އޮންނާނީ ހޮނިހިރު ދުވަހު ހެނދުނު 9 އިން ހަވީރު 6އަށް މާގިރި ހޮޓެލްގަ އެވެ.

މިއީ އެލިއާ އިން ސީއެސްއާރު މަސައްކަތެއްގެ ގޮތުގައި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމު ކުރިއަށް ގެންދާ 10 ވަނަ އަހަރެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ކޭމްޕްގެ އެއް އަމާޒަކީ، އަނެކާއަށް ބޭނުން ޖެހޭ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތަައްޔާރަށް ތިބޭ މުޖުތަމައުއެއް ބިނާ ކުރުމެވެ.

ހާއްސަކޮށް ތެލެސީމިއާ ތަހައްމަލު ކުރާ މީހުންނާއި އެކްސިޑެންޓުތަކުގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދާއިރު ލޭ ބޭނުންވާ މީހުންނަށް އަދި އޮޕަރޭޝަންތަކަށް ލޭ ބޭނުންވާ މީހުންނަށް ފަސޭހައިން ލޭ ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމަކީ މި ހަރަކާތުގެ އަމާޒެއްކަން އެ ކުންފުނިން ފާހަގަކުރި އެވެ.

އަލަށް ލޭ ހަދިޔާ ކުރާ މީހުން ވެސް މި ކޭމްޕުގެ ތެރެއިން ލޭ ހަދިޔާ ކުރުމަށް ހިތްވަރުދޭ ކަމަށް އެލިއާ އިން ބުންޏެވެ. އެ ކުންފުނިން ބުނިގޮތުގައި:

  • ލޭ ހަދިޔާ ކުރާ މީހުންނަށް ދިމާވެދާނެ ހާލަތަކަށް އެހީތެރިވުމަށް ސިއްހީ މާހިރުން ތިބޭނެ

  • މިއީ ދަރުމައަށް ލޭ ހަދިޔާ ކުރާ މީހުންނަށް ވެސް ފަސޭހައިން ލޭ ހަދިޔާ ކުރަން ލިބޭނެ ފުރުސަތެއް

  • ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް ހާއްސަކޮށް ބޯޑު ގޭމުތައް ފަދަ ހަރަކާތްތައް އިންތިޒާމުކޮށްފައި ހުންނާނެ

އެލިއާ އިން ބުނީ ވީހާ ވެސް ގިނަ ބަޔަކު މި ކޭމްޕު މެދުވެރިކޮށް ލޭ ހަދިޔާކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް