ވީއައިއޭގައި ބެހެއްޓި ވެލްކަމް މޮނިއުމެންޓު (ފޮޓޯ/އެމްއޭސީއެލް)

ވީއައިއޭގައި މަރުހަބާގެ މޮނިއުމެންޓެއް ބަހައްޓައިފި

އެމްއޭސީއެލް އިން ބުނީ އާ މޮނިއުމެންޓު ބެހެއްޓީ ވެލާނާ އެއާޕޯޓުން ހިދުމަތް ހޯދާ ފަސިންޖަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ވެލްކަމް މޮނިއުމެންޓެއް ބަހައްޓައިފި އެވެ.

ތަފްސީލް - ރާއްޖޭގެ މައި އެއާޕޯޓުގައި މި މޮނިއުމެންޓު ތަރައްގީ ކޮށްފައިވަނީ އެއާޕޯޓުގެ ހާއްސަ ހަރަކާތްތަކުގެ މައުލޫމާތު ފެންނަ ސްކްރީނަކާ އެކު އެވެ.

އެއާޕޯޓުގެ އާ ޓާމިނަލްގެ ބޭރުގައިވާ ދިވެހިވަންތަ ޑިޒައިން ހިމަނާފައިވާ މި މޮނިއުމެންޓު ބެހެއްޓީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނިގޮތުގައި، ވީއައިއޭ އިން ހިދުމަތް ހޯދާ ފަސިންޖަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިންނެވެ.

އެ މަސައްކަތުގެ ދަށުން، އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސް، ފަސިންޖަރުން ވެހިކަލްތަކުން އަރާފައިބާ ސަރަހައްދުތަކަށް ވެސް ބަދަލު ގެންނާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ވީއައިއޭ ގައި ބެހެއްޓި ވެލްކަމް މޮނިއުމެންޓު (ފޮޓޯ/އެމްއޭސީއެލް)

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފާއި އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރުން ކަމަށްވާ މުހައްމަދު ލަމްއާން އާއި މުޖުތަބާ ލަތީފް މިއަދު ވަނީ އާ މޮނިއުމެންޓު އިފްތިތާހުކޮށްދެއްވައިފަ އެވެ.

ކޮމެންޓް (2)

ބެރިކޭޑު އެންޑު ކޯނު ސިޓީ

10 ޖުލައި 2024
ކޯނާއި ބެރިކޭޑު ނުޖަހާ ހަމަ އެއްވެސް ކަމެއް ނުވަނީ ދޯ؟ އެތަކެއް ޚަރަދެއްކޮށްގެން ތިޔަ ހެދި ތަނެއް ހަދައި ނިމުނު އިރު ޔޫ ޓަރން ނެގޭ ސަރަހައްދުކަން އެނގޭނެ ނިޝާނެއް ހަރުކޮށް ކޯނުގެ ބަދަލުގަ އެހެނިހެން ޤައުމު ތަކުގަ ހުންނަހެން ތިޔަ ތަން ހަދާލިނަމަ ދޯ
1 0

ހަސަން

10 ޖުލައި 2024
ތަންކޮޅެއް ރަގަޅު މެސްޖްތަކެއް ތިޔަ ލެޑް ޕެނެލް އަށް ލާން ފެނޭ!! ގަޑިވެސް އަކުރު އަރާ ގޮތަށް ހަދައިފިއްޔާ ކިޔަން ފަސޭހަވާނެ ކަންނޭގެ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް