ޕީސީބީގެ ވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި: (ފޮޓޯ/މަޖިލިސް)

ކުންފުނިތަކުގެ ބޯޑް ޑިރެކްޓަރުކަމަށް ޝައުގުވެރިވާ މާލީ ދާއިރާގެ ބޭފުޅުންނަށް ފުރުސަތު ހުޅުވާލައިފި

މި ބަދަލު ގެންނަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ކަމަށް ޕީސީބީން ބުނި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރާ އެކައުންޓިން އަދި މާލީ ދާއިރާގެ ޕޫލަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި ބަދަލު ގެންނަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ކަމަށެވެ. މިއީ ކުންފުނީގެ ބޯޑުގެ އޮޑިޓް ކޮމެޓީތަކުގެ މަސައްކަތް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެ ބަޔެއް ކަމަށް ވެސް ޕީސީބީން ބުންޏެވެ.

ތަފްސީލް - ކުންފުނިތަކުގެ އޮޮޑިޓް ކޮމެޓީތަކުގައި އެކައުންޓިން އަދި ފައިނޭންސް ދާއިރާގެ ޑިރެކްޓަރުގެ މަގާމަށް ޑިރެކްޓަރުން އައްޔަނު ކުރަނީ މުޅި ކުންފުނީގެ އެތެރޭގެ ކޮންޓްރޯލާއި ރިސްކު މެނޭޖުމަންޓް ހަރުދަނާކޮށް މާލީ ގޮތުން ކުންފުންޏަކީ ފުދުންތެރި ކުންފުންޏަކަށް ހަދަން ބޭނުންވާ ފަންނީ ލަފާ އާއި އިރުޝާދު ދިނުމަށް ކަމަށް ޕީސީބީން ބުންޏެވެ.

މި ގެންނަ ބަދަލާއެކު ކުންފުނިތަކުގެ ބޯޑުގައި އެކައުންޓިން އަދި ފައިނޭންސް ދާއިރާގެ ތަޖުރިބާ ހުރި، އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓްސް (އައިފެކް) އިން ގަބޫލުކުރާ ފެންވަރުގެ ފަންނީ ޑިރެކްޓަރެއް ހިމެނޭކަން ޔަގީން ކުރެވޭނެ ކަމަށް ޕީސީބީ ގެ ނޫސް ބަޔާނުގައި ބުންޏެވެ.

ނަން އެގްޒެކެޓިވް ޑިރެކްޓަރުންގެ ޕޫލުގައި ހިމެނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް