ބޭންކު އޮފް މޯލްޑިވްސްގެ މޮބައިލް ބޭންކިން އެޕްލިކޭޝަން (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތްމެދުވެރިކޮށް 100 ޑޮލަރަށް ވުރެ ގިނައިން ރާއްޖެއިން ބޭރަށް ޓްރާންސްފާ ކުރާ ކަސްޓަމަރުންނަށް ޕްރޮމޯޝަންގައި ބައިވެވޭނެ

އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ފައިސާ ފޮނުވާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަސް ކަސްޓަމަރަކަށް ކޮންމެ ހަފްތާ އަކު 5،000ރ.ގެ ގިފްޓު ކާޑެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ތަފްސީލް - ބޭންކުން ބުނީ ބީއެމްއެލް މޯބައިލް ބޭންކިން އެޕްލިކޭޝަން މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ބޭންކް އެކައުންޓް، ކޭޝް އޭޖަންޓުންނާއި އަދި ޑިޖިޓަލް  ވޮލެޓްތަކަށް ޔޫއެސް ޑޮލަރު އެކައުންޓާއި ޔޫއެސްޑީ ޕްރީޕެއިޑް ކާޑު މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމަށެވެ.

މި ފްރޮމޯޝަންގެ މުއްދަތުގައި އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތްމެދުވެރިކޮށް 100 ޑޮލަރަށް ވުރެ ގިނައިން ރާއްޖެއިން ބޭރަށް ޓްރާންސްފާ ކުރާ ކަސްޓަމަރުންނަށް ޕްރޮމޯޝަންގައި ބައިވެވޭނެ އެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ މިއަދުން ފެށިގެން 7 ސެޕްޓެމްބަރުގެ ނިޔަލަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް