ސީއެމްޑީއޭ އިން ކުރިއަށް ގެންދިޔަ ޓްރެއިނިން އެއް (ފޮޓޯ/ސީއެމްޑީއޭ)

ސީއެމްޑީއޭ

އިންވެސްޓްކުރަނީ ހުއްދަ އޮތް ފަންޑެއްގައިތޯ ކަށަވަރުކުރަން އެދެފި

ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ސޯޝަލް މީޑިއާ އަދި އެނޫން ގޮތަކަށް ވެސް އިސްތިހާރުކޮށްގެން ފަންޑު ހޯދުމާއި އިންވެސްޓުކުރުމަށް ލަފާދިނުމާއި ލަފާދޭފަރާތެއް ގޮތަށް ދޭހަވާ ގޮތަށް ލައިސަންސް ނުނަގާ އެ ހިދުމަތް ދިނުމަކީ ގާނޫނީގޮތުން މަނާކަމެއް ކަމަށް ސީއެމްޑީއޭ އިން ބުނި

ހުއްދަނެތި އިންވެސްޓުމެންޓް ފަންޑު ހިންގާ ފަރާތްތަކާ މެދު ސަމާލުވުމަށް ކެޕިޓަލް މާކެޓު ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ އޮތޯރިޓީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެކި ބާވަތްތަކުގެ ސެކިއުރިޓީޒް ނުވަތަ އިންވެސްޓްމަންޓް ޕްރޮޑަކްޓް ގަނެވިއްކުމުގެ ވިޔަފާރިކޮށް، އެވިޔަފާރިން މާލީ މަންފާއެއް ހޯދައިދިނުމުގެ ހިދުމަތްތަކެއް ދެމުންދާކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ތަފްސީލް - ސީއެމްޑީއޭ އިން ބުނީ، ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ  ދަށުން، އިންވެސްޓްމެންޓް ފަންޑު ހިންގުމާއި އިންވެސްޓުކުރުމަށް ލަފާ ދިނުމުގެ ހިދުމަތް އަދި ފަންޑު މެނޭޖްކޮށްދިނުމުގެ ހިދުމަތް ދެވޭނީ އެ އޮތޯރިޓީން ލައިސަންސް ނަގައިގެން ކަމަށެވެ.

ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ސޯޝަލް މީޑިއާ އަދި އެނޫން ގޮތަކަށް ވެސް އިޝްތިހާރުކޮށްގެން ފަންޑު ހޯދުމާއި އިންވެސްޓުކުރުމަށް ލަފާދިނުމާއި ލަފާދޭފަރާތެއް ގޮތަށް ދޭހަވާ ގޮތަށް ލައިސަންސް ނުނަގާ އެ ހިދުމަތް ދިނުމަކީ ގާނޫނީގޮތުން މަނާކަމެއް ކަމަށް ސީއެމްޑީއޭ އިން ބުންޏެވެ.

ސީއެމްޑީއޭ އިން ބުނީ:

  • ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް އިންވެސްޓްކުރަން ލިބޭ ހުށަހެޅުންތަކާއި ދައުވަތުތަކާ މެދު ގޮތެއް ނިންމުމުގެ ކުރިން، އެ ހުށަހެޅުން ހުށަހަޅާފަރާތަކީ ރާއްޖޭގައި އިންވެސްޓްމަންޓު ފަންޑާއި ސްކީމްތައް ހިންގުމުގެ ހުއްދައޮތް ފަރާތެއްތޯއާއި ނުވަތަ އެފަދަ އިންވެސްޓްމަންޓު ފަންޑުތަކަކީ މި އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ފަންޑެއްތޯ ބެލުމަށް ފަހު ނޫނީ އެއްވެސް ފަރާތަކުން އިންވެސްޓުނުކުރުމަށް އިލްތިމާސްކުރާކަމަށް

  • ސީއެމްޑީއޭގައި ރެޖިސްޓްރީކޮށްފައިވާ ފަންޑުތަކުގެ މައުލޫމާތާއި އިންވެސްޓުކުރުމަށް ލަފާދޭ ފަރާތްތަކުގެ މައުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓުން ފެންނާނެ ކަމަށް

  • ސީއެމްޑީއޭގެ ލައިސަންސް ނުނަގާ އެފަދަ ކަމެއް ހިންހހާނަމަ އެކަން އަންގަން އެދޭ ކަމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް