ބީއެމްއެލްގެ މުވައްޒަފަކު ކަސްޓަމަރަކަށް ހިދުމަތް ދެނީ (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

އީދު ބަންދުގައި ބީއެމްއެލް ހުޅުވާނީ އަންގާރަ ދުވަހު

ކުރިއަށް އޮތް އީދު ބަންދުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތް ދޭނީ 18 ޖޫންވާ އަންގާރަ ދުވަހު ކަމަށް ބޭންކުން ބުނެފި އެވެ.

ވީ ކިހިނެއް؟ - އަލުހާ އީދާ ދިމާކޮށް ގާތްގަނޑަކަށް ހަފްތާއެއްގެ ބަންދެއް ލިބެ އެވެ. އަންނަ ހުކުރު ދުވަހުން ފެށިގެން ޖޫން 22އާ ހަމައަށް އޮތީ ބަންދު ދުވަސްތަކެކެވެ.

ތަފްސީލް - ބޭންކުން މިއަދު ބުނީ، މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ނިންމާފައިވާ ގޮތަށް ބީއެމްއެލްގެ ހިދުމަތްތައް ވެސް އީދު ބަންދުގައި ލިބޭނީ 18 ޖޫންވާ އަންގާރަ ދުވަހު ކަމަށެވެ.

އެ ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 2އަށް ހިދުމަތް ލިބޭނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.

އަލުހާ އީދުގެ ތަހުނިޔާ ކަސްޓަމަރުންނަށް ފޮނުވައި އެ ބޭންކުން ބުނީ:

  • އީދު ބަންދު ދުވަސްތަކުގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ

  • މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައް ވެސް އީދު ބަންދުގެ ދުވަސްތަކުގައި ކަސްޓަމަރުންނަށް ލިބޭނެ

ބީއެމްއެލް އިން ބުނީ އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ކަސްޓަމަރުން ބޭންކިން ހިދުމަތްތައް ހޯއްދުމަށް އެދޭ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް