ދިރާގުން ދޭ ޓެސްލާ ބްެރޭންޑުގެ ކާރު

ދިރާގު

ދިރާގުން ދޭން ބުނި ޓެސްލާ ކާރު މި އީދުގައި ލިބޭނެ

އީދު ފާހަގަ ކުރުމަށް ދިރާގުން ވަނީ، އަހަރުތަކަށް ފަހު ބޮޑު ޝޯއެއް ވެސް ބޭއްވުމަށް ނިންމާފައި

ދިރާގުގެ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ޕްރޮމޯޝަނުގައި ދޭން ބުނި އަގުބޮޑު ޓެސްލާ ބްރޭންޑުގެ ކާރު، މި ބޮޑު އީދުގައި ދޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ. 

ވީ ކިހިނެއް؟- ދިރާގުން ބުނާގޮތުގައި 'ވިން އަ ޓެސްލާ'ގެ ނަމުގައި އެ ކުންފުނީގެ 35 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު މިދިޔަ ޖެނުއަރީ މަހު ހަމަވި އިރު، އެންމެން ވެސް މިހާރު އިންތިޒާރުކޮށްގެން ތިބީ ޓެސްލާ ކާރުގެ ނަސީބުވެރިޔާ އިއުލާނުކުރާނެ އިރަކަށެވެ. 

ދިރާގުން ބުނިގޮތުގައި އީދު ފާހަގަ ކުރުމަށް، އަންނަ ހޯމަ ދުވަހުގެ ރޭ އެ ކުންފުނިން ބޮޑު ޝޯއެއް ބާއްވާނެ އެވެ. ކާރުގެ ނަސީބުވެރިޔާ ހޮވާނީ އެ ޝޯގަ އެވެ. 

ދިރާގުން ބުނީ އަހަރުތަކަކަށް ފަހު އެ ކުންފުނިން ބާއްވާ ޝޯގައި ވަރަށް ގިނަ މިއުޒިކް ކުޅުންތެރިން ބައިވެރިވާނެ ކަމަށެވެ. އެގޮތުން:

  • ރެވިއޯ

  • ސްކައިރޮކް

  • އީކުއެޓިކް ވައިބް

  • ޓްރެފިކް ޖޭމް

  • ޑީޖޭ އަލީ

  • ސިމްބޮލިކް ރެކޯޑްސް

"އަޅުގަނޑުމެންގެ އުއްމީދަކީ މި ޝޯގެ ޒަރީއާއިން އީދުގެ ރޫހުއާލާވެ، ބެލުންތެރިން ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާއަކަށް މި އިވެންޓް ވެގެން ދިޔުން،" ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު ޖައިޝާން ހަމީދު ވިދާޅުވި އެވެ. 

ދިރާގު އީދު ޝޯ އޮންނާނީ, ހޯމަ ދުވަހުގެ ރޭ 8 އިން ފެށިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. 

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް