ޝޭޕްވެއާ މޯލްޑިވްސް ފިހާރަ ހުންނާނީ އަލިކިލެގެފާނު މަގުގައި

އެޑްވަޓޯރިއަލް

ޝޭޕްވެއާ މޯލްޑިވްސް: ސްކިމްސްގެ އޮތެންޓިކް އުފެއްދުންތައް މާލެއިން

ޝޭޕް ވެއާ މޯލްޑިވްސް އިން ވިއްކާ އުފެއްދުންތައް މިހާރަށް ވުރެ ވެސް ދެމެހެއްޓެނިވި ގޮތެއްގައި ކަސްޓަމަރުންނަށް ލިބޭނެ ގޮތް ހަދައި އުފެއްދުންތައް ލިބެން ހުންނަ ވަރު އިތުުރުކުރުމަކީ އަމާޒެއް

ރީތި ހެދުމެއްލާއިރު އެ ހެދުމުގެ ފުރިިހަމަކަން ހަށިގަނޑުން ފެންނަނީ ޝޭޕް ވެއާއެއް ލީމަ އެވެ. ފެންވަރު ރަނގަޅު، ހެޔޮވަރު ޝޭޕްވެއާއަކާ އެކު ހެދުމަށާއި ހެދުން ލައިގެން ހުންނަ މީހާއަށް ވެސް ފުރިހަމަކަން ގެނެސްދެ އެވެ. ހަށިގަނޑުގައި ހުންނަ ލަމްޕްތަކާއި ބަމްޕްތައް ފޮރުވައިދީ، ބެކް ސަޕޯޓާ އެކު ރީތި ބައްޓަން ގެނެސްދެ އެވެ.

ރާއްޖޭން ފެންވަރު ރަނގަޅު ޝޭޕް ވެއާ ހޯދަން ބޭނުން މީހުންނަށް އެންމެ ގާތް އެކުވެރިއަކީ 'ޝޭޕް ވެއާ މޯލްޑިވްސް' އެވެ. އެންމެ ފުރަތަމަ އިންސްޓަގްރާމު ޕޭޖަކުން ފެށި މި ވިޔަފާރި މިހާރު ފުޅާވެއްޖެ އެވެ.

ޝޭޕް ވެއާ މޯލްޑިވްސްގެ ނަމުގައި ހިންގާ ފިހާރައިން ރިއަލިޓީ ޓީވީ ތަރި އަދި ވިޔަފާރިވެރިޔާ ކިމް ކާޑޭޝިއަންގެ ސްކިމްސް ބްރޭންޑުގެ ޝޭޕް ވެއާ ލިބޭނެ އެވެ. ސްކިމްސްގެ އޮތެންޓިކް އުފެއްދުންތައް ވިއްކަން ހާއްސަ މި ފިހާރައަކީ މިހާރު ޑިޒައިނަރުންނާއި ވެޑިން ޑްރެސް ފަހާ މީހުންގެ ވެސް ފޭވަރިޓެވެ. ބްރައިޑުންނަށް ޝޭޕް ވެއާ ސަޖެސްޓު ކުރާއިރު، އެ މީހުންގެ ކްލަޔަންޓުންނަށް ދޭ ނަމަކީ ޝޭޕް ވެއާ މޯލްޑިވްސް އެވެ.

ޝޭޕް ވެއާ މޯލްޑިވްސްގެ ފެށުމަކީ ވެސް ރާއްޖޭން ފެންވަރު ރަނގަޅު ޝޭޕް ވެއާ ގަންނަން ނުލިބުމެވެ. މި ވިޔަފާރީގައި އިސްކޮށް އުޅުއްވާ އައިޝަތު ސަދާ މި މަސައްކަތް ފެއްޓެވީ ވެސް އޭނާ އާއި އެކުވެރިން އަދި ދަންނަ އެހެން މީހުންގެ ވެސް އޮތް މި ކަންބޮޑުވުމާ އެކު އެކަމަށް ހައްލެއް ހޯދުމަށެވެ. އެގޮތުން، 2019 ވަނަ އަހަރު އެންމެ ފުރަތަމަ ޝޭޕްވެއާ މޯލްޑިވްސް ފެށީ އިންސްޓަގްރާމު ޕޭޖަކުންނެވެ.

"އޭރު ވަރަށް ބޫމިން އެއްޗަކަކަށް ވީ ސްކިމްސް. އެހެންވެ ހިތަށް އެރީ މިއީ ރަނގަޅު ހިޔާލެކޭ މި ގެނެސްގެން ވިއްކޭތޯ ބެލުން،" މީގެ ފަސް އަހަރު ކުރިން ވިޔަފާރި ފެށުނު ގޮތާ ގުޅޭ ގޮތުން ސަދާ ވިދާޅުވި އެވެ.

ސްކިމްސް އަކީ އަގު ބޮޑު ބްރޭންޑަކަށް ވިޔަސް އޭގެ ކޮލެޓީ އާއި އެ ބްރޭންޑާ މެދު އޮތް ރަނގަޅު ތަސައްވަރުގެ ސަބަބުން ސްކިމްސްގެ އުފެއްދުންތަކާ އެކު ސަދާ ހުޅުވި އިންސްޓަގްރާމު ޕޭޖަށް ލިބުނީ ހީ ނުކުރާ ވަރުގެ ތަރުހީބެކެވެ. އެއާ އެކު، ކަސްޓަމަރުންނަށް ފަސޭހަވާނެހެން މިދިޔަ އަހަރު ވަނީ ޝޭޕްވެއާ މޯލްޑިވްސް ފިހާރަ ހުޅުވައިފަ އެވެ.

"އޮންލައިންކޮށް ފެށުނީ. ދެން ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ގިނަ މީހުންނަށް މި ވިޔަފާރި އެނގިއްޖެ. ކަސްޓަމަރުންގެ ސަޕޯޓު ވަރަށް ރަނގަޅު،" ސަދާ ވިދާޅުވި އެވެ.

ކަސްޓަމަރުންގެ ސަޕޯޓާ އެކު އޮންނަ ޑިމާންޑާ އެއްވަރަށް ސްޓޮކް ގެނެސްގެން ގެންގުޅުމަކީ ސަދާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. ހާއްސަކޮށް އަގު ބޮޑު ބްރޭންޑަކަށް ވެފައި ސްކިމްސް އަކީ އޮންލައިންކޮށް ވިއްކާ ބްރޭންޑަކަށް ވުމުން ސްޓޮކް ގެނައުމަށް ދަތިތައް ކުރިމަތިވެ އެވެ. އަނެއްކޮޅުން ޑޮލަރުގެ މައްސަލަ އަކީ ވެސް ބޭރުން ގެނެސްގެން މުދާ ވިއްކަން އޮންނަ ބޮޑު ގޮންޖެހުމެކެވެ.

އޮންލައިންކޮށް މަދު އެތިކޮޅެއް ގެނެސްގެން ވިއްކުމަކީ ޑިމާންޑާ އެއްވަރަށް ކޭޓާ ކުރަން އޮތް ގޮންޖެހުމެކެވެ. އެކަމަށް ހައްލެއް ހޯދަން ކުރި މަސައްކަތުން މެދުއިރުމަތީގެ ސްކިމްސްގެ ހޯލްސޭލް ޑިސްޓްރިބިއުޓަރެއް މެދުވެރިކޮށް މިހާރު ވަނީ ސްޓޮކް ގެންނަން ފަށައިފަ އެވެ. އެކަމަކު މިގޮތަށް ގެންނަން ހޭދަވާ އަގު، ސީދާ އެމެރިކާ އިން ސްކިމްސްގެ ވެބްސައިޓު މެދުވެރިކޮށް ގަތުމަށް ވުރެ އަގު ބޮޑެވެ.

"އަގު ބޮޑުވުމާއި ޑޮލަރުގެ އަގު މައްޗަށް ދިއުމާ. އެކަހަލަ ކަންތައް ވަރަށް ޗެލެންޖިން،" ސަދާ ވިދާޅުވި އެވެ.

ޝޭޕްވެއާ ފިހާރަ މިދިޔަ އަހަރު ހުޅުވީ 500،000ރ.ގެ މުދަލާ އެކު އެވެ. އެކަމަކު އެ އަގުގެ ސްޓޮކެއް އަބަދު ބެހެއްޓުމަކީ މުދާ ރާއްޖެ ގެންނަން ހުރި ދަތިތަކާ އެކު ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންކަން ސަދާ ފާހަގަކުރެއްވި އެވެ.

"މިހާރު ވެސް ބަލަން ހުސްވާ އެއްޗެހި ގެނެސްފަ ބެހެއްޓޭތޯ. އެއީ ވަރަށް ގިނަ ޑިޒައިނަރުން އެ މީހުންގެ ބްރައިޑުން އެބަ ފޮނުވާ ޝޭޕްވެއާއަށް. އެ މީހުން މި ބްރޭންޑަށް އިތުބާރުކޮށްފައި، މި ބްރޭންޑު ލާފައި ހުންނައިރު މީހާގެ ހަށިގަނޑު ހުންނަ ގޮތް،" ކަސްޓަމަރުން ބޭނުންވާނެ ސައިޒުތަކުން ސްޓޮކް ބަހައްޓަން އަބަދުވެސް މަސައްކަތް ކުރާކަން ފާހަގަކުރައްވައި ސަދާ ވިދާޅުވި އެވެ.

ނަމަވެސް، ބައެއް ފަހަރު ބްރައިޑުންނަށް އެ މީހުންގެ ސައިޒު ނުލިބޭ ފަހަރު އަންނަ ކަމަށް ސަދާ ވިދާޅުވި އެވެ.

"މި ބަލަނީ ހަމަ އަބަދު ވެސް ގެނެވޭތޯ. ސައިޒުތަކުން ސްޓޮކް ބެހެއްޓޭތޯ. އެންމެން ވެސް ވަރަށް ސަޕޯޓިވް. ހާއްސަކޮށް މީގެ އަގަށް ބަލާއިރު ފުދޭވަރަކަށް އަގު ބޮޑު،" ސަދާ ވިދާޅުވި އެވެ.

ހާއްސަކޮށް، ފިހާރައިގެ ކުއްޔާއި ޑޮލަރު ހޯދަން ކުރާ ހޭދަ ހިމެނޭހެން ހުރިހާ ކަމަކަށް ބަލާ މުދަލުގެ އަގު ބޮޑުނުކޮށް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމަކީ ސަދާގެ އެންމެ ބޮޑު އަމާޒެވެ.

ޝޭޕްވެއާ މޯލްޑިވްސް ފިހާރަ

ފިހާރަ ހުޅުވުމުން ކަސްޓަމަރުންނަށް އެ މީހުންގެ ސައިޒާ އެއްވަރުގެ އުފެއްދުންތައް ހޯދަން ވެސް ފަސޭހަވެއްޖެ އެވެ.

ސްކިމްސްގެ ސައިޒު ޗާޓާ އެއްވަރަށް މެޝަމެންޓު ނަގައި ކަސްޓަމަރުންނަށް ހެޔޮވަރުވާނެ ސައިޒުން ފޯރުކޮށްދެ އެވެ.

އަނެއްކޮޅުން ސަދާގެ ޓެއިލާ ޝޮޕް މޯލްޑިވްސްއާ އެކު ހިންގާ ފިހާރައަކަށް ވުމުން ޝޭޕްވެއާ އިން ގަންނަ އެއްޗެހީ ކަސްޓަމަރުން ހެޔޮވަރުކުރަން ބޭނުން ނަމަ، ފަސޭހައިން އެކަން ވެސް ކުރެވޭނެ އެވެ.

ޝޭޕްވެއާގެ އިތުރުން ސްކިމްސްގެ އަންޑަގާމެންޓު ވެސް ޝޭޕްވެއާ މޯލްޑިވްސް އިން ލިބޭނެ އެވެ. ސަދާ މިހާރު މަސައްކަތް ކުރައްވަނީ ސްކިމްސްގެ އޮތެންޓިކް ސްވިމް ވެއާ ފިހާރައެއް ރާއްޖޭގައި ހުޅުވުމަށެވެ.

"މިހާރު ވާހަކަ ދައްކަމުން މިދަނީ އެ މީހުންގެ ހެޑްކުއާޓާސްއާ. ސަދާ އަމިއްލައަށް ހުޅުވުމުގެ ބަދަލުގައި ސްކިމްސް އިން މިކޮޅުގައި އެ މީހުންގެ އޮތެންޓިކް ސްވިމްވެއާ ވިއްކާނެ ފިހާރައެއް ހުޅުވަން،" ސަދާ ވިދާޅުވި އެވެ.

އެ މަޝްވަރާތަކަށް ސަދާ ވަރަށް އަވަހަށް އެމެރިކާއަށް ދާނެ އެވެ.

"މި ބަލަނީ ފަސޭހައިން، ސަސްޓެއިނަބަލްކޮށް ވިއްކޭނެ ގޮތެއް ހޯދޭތޯ. ހާއްސަކޮށް ޑޮލަރު ލިބެން އުނދަގޫވުމާއި ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވުމާ އެކު، އެއީ ވަރަށް ޗެލެންޖިން ކަމެއް،" ސަދާ ވިދާޅުވި އެވެ.

ކަސްޓަމަރުންގެ ފަރާތުން ލިބޭ ތަރުހީބާ އެކު ސަދާގެ އަމާޒަކީ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިހުރުމެވެ. ޝޭޕް ވެއާ މޯލްޑިވްސް އިން ވިއްކާ އުފެއްދުންތައް މިހާރަށް ވުރެ ވެސް ދެމެހެއްޓެނިވި ގޮތެއްގައި ކަސްޓަމަރުންނަށް ލިބޭނެ ގޮތް ހަދައި އުފެއްދުންތައް ލިބެން ހުންނަ ވަރު އިތުުރުކުރުމަކީ ވެސް އޭނާގެ އަމާޒެވެ.

ޝޭޕް ވެއާ މޯލްޑިވްސް

އިތުރު އާޓިކަލް

އިތުރު އާޓިކަލް