ޕީއެސްއެމްގެ ޔޫރީ ކަވަރޭޖުގެ ޑިޖިޓަލް ޕާޓުނަރަކަށް ދިރާގު ހަމަޖެއްސުން (ފޮޓޯ/ދިރާގު)

ދިރާގު

ޕީއެސްއެމްގެ ޔޫރޯ ކަވަރޭޖުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު

ޔޫރޯގެ ހުރިހާ މެޗެއް ރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ލައިސެންސް ލިބުނީ ޕީއެސްއެމްއަށް؛ ޕީއެސްއެމްގެ ޓީވީއެމް އަދި ޔެސް ޓީވީން ޔޫރޯގެ ހުރިހާ މެޗެއް ދައްކާނެ

ކުރިއަށް އޮތް ޔޫރޯޯއާ ދިމާކޮށް ޕީއެސްއެމް އިން ގެނެސްދޭ ހާއްސަ ކަވަރޭޖް 'ޕީއެސްއެމް ފޯރި 2024'ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު މިއަދު ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - ޔޫރޯ 2024ގެ ހުރިހާ މެޗެއް ރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ލައިސެންސް ލިބުނީ ޕީއެސްއެމް އަށެވެ. މުބާރާތުގެ މެޗުތައް ދެއްކުމުގެ އިތުރުން 'ޕީއެސްއެމް ފޯރި 2024'ގައި މެޗު ކަވަރޭޖާއި ކޮމެންޓްރީގެ އިތުރުން އިތުރު އެހެން ކޮންޓެންޓު ވެސް ގެނެސްދޭނެ އެވެ.

ބުނީ ކީކޭ؟ - މި ކަވަރޭޖުގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ބައިވެރިވުމާ ގުޅޭ ގޮތުން އެ ކުންފުނީގެ ޑިރެކްޓާ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ޕީއެސްއެމްއާ ގުޅިގެން އަހަރުގެ އެންމެ ބޮޑު ފުޓްބޯޅަ އިވެންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި ބައިވެރިވުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިފަދަ ފުޓްބޯޅަ އީދަކަށް ދިވެހިން ތައްޔާރުވަމުން އަންނައިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުރިހާ އުމުރުފުރައެއްގެ ބެލުންތެރިންނަށް ވެސް މި ހާއްސަ ކަވަރޭޖާ އެކު ފުރިހަމަ ތަޖުރިބާއެއް ލިބިގެންދާނެކަން އަޅުގަނޑުމެން ޔަގީން ކުރަން،" އޭނާ ވިދާޅުވި އެވެ.

ޔޫރޯ އޮންނާނީ މި މަހުގެ 14 އިން އަންނަ މަހުގެ 14އަށް ޖަރުމަނުގަ އެވެ.

  • ޔޫރޯ މެޗުތައް ދައްކާނީ ޕީއެސްއެމްގެ ޓީވީއެމް އަދި ޔެސް ޓީވީން 

  •  ޔޫރޯގެ ފޯރި ގަދަކުރުމަށް ކުޑަކުދިންނަށް ހާއްސަކޮށް ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި 'ކުޑަކުދިންގެ ޔޫފޯރިއާ'ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބާއްވާނެ  

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ މިފަދަ ހަރަކާތްތަކުގައި މުޖުތަމައުގައި ޝާމިލްވާ ފަރާތްތަކަށް އެއްބާރުލުންދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ކަމަށެވެ.

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް