ބީއެމްއެލް އިން ބެހެއްޓި ޑޮލަރު ޖަމާކުރާ މެޝިން (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ޑޮލަރު ޖަމާކުރަން ހާއްސަ އޭޓީއެމްއެއް ބީއެމްއެލް ހެޑް އޮފީހުގައި ބަހައްޓައިފި

ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުޅުމާލެ އާއި މާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބަހައްޓާފައި ހުރޭ؛ މި އޭޓީއެމް ތަކުން ޑޮލަރު ޖަމާކުރުމާއި ޑޮލަރު ނެގުމުގެ ހިދުމަތް ލިބޭ

ޑޮލަރު ޖަމާކުރަން ހާއްސަ ޑޮލަރު އޭޓީއެމްއެއް ބީއެމްއެލްގެ މައި އޮފީހުގައި ބަހައްޓައިފި އެވެ. 

ވީ ކިހިނެއް؟ - ބޭންކުން ބުނީ، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކޮށް ހިދުމަތްތައް ފުޅާ ކުރުމަށް އެ ބޭންކުން މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.  އެގޮތުން:

  • ބީއެމްއެލްގެ ހެޑް އޮފީސް ހުންނަ އިމާރާތުގައި ޑޮލަރު ޖަމާކުރަން ހާއްސަ އޭޓީއެމް އެއް ބަހައްޓައި މިއަދުން ފެށިގެން ވަނީ ހިދުމަތް ދޭން ފަށާފައި

"މިއާއެކު ކަސްޓަމަރުންނަށް ފަސޭހައިން ޑޮލަރު ޖަމާކުރެވޭނެ. މިއާއެކު ޑޮލަރު ޖަމާކުރަން ބޭނުންވާ ކަސްޓަމަރުންނަށް ކިޔުގައި މަޑުކުރުމުގެ ބަދަލުގައި ފަސޭހަކަމާއެކު ޑޮލަރު ޖަމާކުރަން ލިބޭ މިއީ ފުރުސަތެއް،" ބީއެމްއެލް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

ފާހަގަ ކުރެވޭ - ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުޅުމާލެ އާއި މާލޭގެ އިތުރުން ހުޅުލޭގައި ބަހައްޓާފައި ހުރެ އެވެ. މި އޭޓީއެމްތަކުން ޑޮލަރު ޖަމާކުރުމާއި ޑޮލަރު ނެގުމުގެ ހިދުމަތް ލިބެ އެވެ.

ޑޮލަރު މުއާމަލާތްތަކަށް ހާއްސަ ބީއެމްއެލްގެ އޭޓީއެމް ގާއިމްކޮށްފައި ވަނީ ސޯޝަލް ސެންޓަރު ކައިރީ މަޖީދީ މަގުގައި ހުންނަ، ހ. ކްލައުޑްގަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް